ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހު 15 ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު، މި ދަތުރުތަކުގެ ބުކިންސް ވެސް މިހާރު ދަނީ ހަދަމުންނެވެ.
މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.
މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް އަދި އެޕުން ވެސް ހަނިމާދޫ - ބެންގަލޫރު ސެކްޓަރގެ ބުކިންސް ހެދެއެވެ.
މޯލްޑިވިއަންގެ ވެބްސައިޓުން ދައްކާ ގޮތުގައި ހަނިމާދޫ- ބެންގަލޫރު އެއްކޮޅު ޓިކެޓެއްގެ އަގަކީ 2895 ރުފިޔާއެވެ. އަދި ބެންގަލޫރު-ހަނިމާދޫ އެއްކޮޅު ޓިކެޓް އަގަކީ 3245 ރުފިޔާއެވެ. އެހެންކަމުން މިވަގުތު ފެންނަން ހުރި ފެއާގެ ދެކޮޅު ޓިކެޓަށް އަރަނީ 6140 ރުފިޔާއެވެ.
މޯލްޑިވިއަނުން ވަނީ މި ދަތުރުތައް އިންޑިއާގެ ފަތުރުވެރިންނަށް އިސްތިހާރު ކުރުުމަށް ޚާއްޞަ ވީޑިއޯއެއް ހަދައި މިއަދު އާންމު ވެސް ކޮށްފައެވެ. މި ވީޑިއޯގައި ހަނިމާދޫ އާއި އެ ސަރަހައްދުގެ ރައްތަކުގެ ގުދުރަތީ ޗާލު މަންޒަރުތަކާއި، ރިސޯޓު، ސިޓީ ހޮޓާ އަދި ބައެއް ގެސްޓް ހައުސްތަކާއި، ދިވެހި ތާރީޚީ މުއްސަނދި ބިނާއެއް ހިމެނޭ އުތީމުގެ މަންޒަރުތައް ވެސް ދައްކައެވެ.
Maldivian launches new flights between Hanimaadhoo and Bangalore starting May 15, 2025. Book now for an unforgettable journey! ✈️ #MaldivianAero #NewRoutes pic.twitter.com/ks0ncqvb2a
— MaldivianAero (@MaldivianAero) April 12, 2025
މޯލްޑިވިއަނުން މިހާރު ވެސް ހަނިމާދޫން އިންޑިއާގެ ޓްރެވެންޑްރަމަށް ހަފުތާއަކު ދެ ފްލައިޓް ބާއްވައެވެ. ކޮވިޑްގެ ކުރިން ހަނިމާދޫ އިން ކޮޗިން އަށް ވެސް ދަތުރުތައް ބޭއްވިއެވެ.
މި ދަތުރުތައް ފަށަން ނިންމާފައިވާއިރު، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާ މި އަހަރުގެ މެދުތެރޭގައި ހިދުމަތް ފެށޭނެ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ވަނީ ކުރިން ބުނެފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!