ގައުމީ އެއާލައިން މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ބުކިން ޚިދުމަތަށް ބުރޫއަރައިފިއެވެ.

އެ ކުންފުނިން ބުނީ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

Ad
rt

އެހެންވެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަކަމަށް މޯލްވިއަނުން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ މައްސަލަ ހައްލު ކުރެވެންދެން މޯލްޑިވިއަންގެ ހޮޓްލައިން 1671 ނުވަތަ އެ ކުންފުނީގެ އީ-މެއިލް cc@iasl.aero އަށް މެއިލް ކޮށްގެން ބުކިން ހެދުމުގެ ކަންކަން ކުރިއަށް ގެންދަން އެދޭކަމަށެވެ.

މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ބުކިން ޚިދުމަތަށް ބުރޫއަރާފައި މި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލެއިން ކަރަންޓް ވެސް ކެނޑިފައި ވަނިކޮށެވެ. މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެނެވެ.