ގައުމީ އެއާލައިން، މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލަން އަންނަ ހޯމަދުވަހު އެއާޝޯއެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގެ ޒަރީއާއިން ވަނީ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއަރބަސް އޭ330 އަށް މަރުޙަބާ ކިޔުމަށް، އެ މުހިންމު ތާރީޚީ ވަގުތު ފާހަގަކުރުމުގައި އެ ކުންފުންޏާއެކު ބައިވެރިވުމަށް ރައްޔިތުންނަށް ދައުވަތު ދީފައެވެ.

Ad
rt

މި ޚާއްޞަ މުނާސަބަތު ފާހަގަކުރުމަށްޓަކައި، އަޅުގަނޑުމެން 6 ޖަނަވަރީ 2025 (ހޯމަ ދުވަހު) ގައި ފޯރިގަދަ އެއަރޝޯއެއް ބާއްވަން ގަސްދުކުރަމެވެ.

''މި ޚާއްޞަ މުނާސަބަތު ފާހަގަކުރުމަށްޓަކައި، އަޅުގަނޑުމެން 6 ޖަނަވަރީ 2025 (ހޯމަ ދުވަހު) ގައި ފޯރިގަދަ އެއަރޝޯއެއް ބާއްވަން ގަސްދުކުރަން، ތިބާ ތައްޔާރުތޯ؟'' މޯލްޑިވިއަނުން ބުނެފަވެއެވެ.

މޯލްޑިވިއަނުން ގެންނަ ވައިޑް-ބޮޑީ މަތިންދާބޯޓު ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށެވެ. މިގޮތުން މޯލްޑިވިއަންގެ ވައިޑް ބޮޑީގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަށް ހަފްތާއަކު ތިން ދަތުރުކުރުމަށް ވަނީ ނިންމާފައެވެ. ފަހުން ޔޫރަޕާއި ސައުތު އެފްރިކާއަށް ދަތުރުފުޅާކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓަކީ 3 ކުލާސް ހިމެނޭ )އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސް) 264 ގޮނޑީގެ މަތިންދާބޯޓެކެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ގެންނަ ވައިޑް ބޮޑީ އެއަރކްރާފްޓު ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.