އައިއެސްގެ މެމްބަރަކަށް އުޅުނުކަން ސާބިތުވެ, ހޫދު 23 އަހަރަށް ޖަލަށް
އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް, ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ވ. ދެލްވައްތަ ހޫދު ހައްޔަރުކުރީ ބޭރުގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިންނެވެ. އެ މައްސަލާގައި ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން ބައެއް ތިން ދައުވާއެއް ދައުވާތައް ސާބިތުވެ، އޭނާ […]