ފަނޑިޔާރަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ރ. އިނގުރައިދޫއަށް ނިސްބަތްވާ 49 އަހަރުގެ މީހެކެވެ.
އެ މީހާ ފަނޑިޔާރަށް ދެފަހަރެއްގެ މަތިން ހަމަލާދިން ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.
ނަމަވެސް ހަމަލާދިނީ ކޮން ކޯޓެއްގެ ފަނޑިޔާރަކަށް ކަމެއް ސާފެއް ނުވެ އެވެ.
އެ މީހާ ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުގެ އަމުރުގައި އަންގާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!