މޭޔަރު ސައުދުގެ ޝަރީއަތް: ވަކީލަކު ހޯދަން ފަހު ފުރުސަތު ދީފި
ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަންކުރަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ […]