މަސްތުވާތަކެތީގެ ކުށްތަކުގައި ބޭނުން ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގ. ޕެލިކަން އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެގެއިން އެހެން ބަޔަކަށް ކުއްޔަށް ދިން ތަނެއްގައި މަސްތުވާތަކެތީގެ ކުށްތައް ތަކުރާރުކޮށް ހިންގަމުން ދިޔަ މައްސަލާގައި އެވެ. މިއީ އެފަދަ މައްސަލައެއްގައި ރާއްޖޭގައި މީހަކު ޖަލަށްލާން ހުކުމްކުރި ފުރަތަމަ ފަހަރެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރުމުގެ މައްސަލަތަކާ ގުޅިގެން އެތަން އެކިފަހަރު ފާސްކޮށް، ފުލުހުން އެ މީހާއަށް އެކަން އެންގި ކަމަށެވެ.
އެތަނުގައި ކުށުގެ އަމަލުތައް ހިންގާކަން ފުލުހުންގެ ފަރާތުން ތަކުރާރުކޮށް އެންގުމުން ވެސް ކުލީގެ އެއްބަސްވުން އޭނާ ދަމަހައްޓާފައިވާތީ އެ ކުށުގެ އަމަލު ހިންގުމަށް އޭނާ ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އޭނާ އެ ތަނުގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގާކަން އެނގި ހުރެ އެ ތަން އެކަން އޭނާ ހުއްދަ ކުރިކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!