ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަންކުރަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ.

Ad
d

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ފުރުސަތު ކުރިން ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އިތުރު ފުރުސަތަކަށް ސައުދުގެ ފަރާތުން އެދިފައިވާތީ އަންނަ ހަފުތާގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އެ އަޑުއެހުމުގައި ވަކީލަކު ނެތަސް, ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ސައުދުގެ ފަރާތުން ކުރިއަށް ގެންދަން ޖެހޭނެ އެވެ.

Ad
df

އެ މައްސަލާގައި ސައުދުގެ މައްޗަށް ދައުވާކުރަނީ އެހެން ރަށްރަށުގެ މީހުންނާއި މަރުވެފައި ތިބި މީހުންގެ ނަން ހިމަނައިގެން ތިނަދޫގެ އާބާދީއަކީ 10,000 މީހުން ކަމަށް ބުނެ ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ މޭޔަރުކަމުގެ ގޮނޑި ސައުދަށް ގެއްލޭނެ އެވެ.