ހުޅުމާލޭގެ ފިހާރައެއްގެ ކޭޝިއަރަކަށް ހުރި ބިދޭސީ އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން މައްސަލާގައި ބަންގްލަދޭޝްގެ ޖަހަންގިރި މިއާ 20 އަހަރަށް ޖަލަށްލައި, ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުޅުމާލޭގެ ނިރޮޅުމަގުގައި ހުރި ފިހާރައެއްގައި ހުރި ނޭޕާލްގެ އަންހެން ކޭޝިއަރަކަށް ޖަހަންގިރި މިއާ ވަޅިން ހަމަލާދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ މައްޗަށް ކުރި މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

Ad
d

އެ ދައުވާ ސާބިތުވާތީ އޭނާ 20 އަހަރަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކުރީ އިއްޔެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އޭނާ 20 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު ހުކުމެކެވެ.

Ad
df

އެއީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަންޖެހޭ މުއްދަތެވެ.