އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިއާއެކު އެކަމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެވެ.

Ad
d

އެ މައްސަލާގައި ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިން ނިންމާފައިވާއިރު, އަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި މަޖިލީހުގައި ލަމްހާގެ މައްޗަށް އިއްވީ 15 އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މޭރީ މަރާލި މައްސަލާގައި ފިރިމީހާ މާވިން 25 އަހަރަށް ޖަލަށް

ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު, އެ މައްސަލާގައި މާވިން 25 އަހަރަށް ޖަލަށްލާން ވެސް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

Ad
df

އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކޯޓަށް އޮތީ އަންގައިފަ އެވެ.