އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެކަމުގައި ބައިވެރިވި ކަމަށް ބުނެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ.
އެ މައްސަލާގައި ކްރިިމިނަލް ކޯޓުން މިއަދު ވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައިފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހު އެވެ.
އެހެން ނަމަވެސް ލަމްހާގެ މައްސަލާގައި ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކޯޓަށް އޮތީ އަންގައިފަ އެވެ.
އެ މައްސަލާގައި ލަމްހާ ވެސް ހުރީ ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!