އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިއާއެކު އެކަމުގައި ބައިވެރިވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަލީމަތު ލަމްހާގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރީ އެކަމުގައި ބައިވެރިވި ކަމަށް ބުނެ އެވެ.

Ad
d

އެ މައްސަލާގައި ކްރިިމިނަލް ކޯޓުން މިއަދު ވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައިފަ އެވެ. އަދި ދެންމެ ވަނީ ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމައިފަ އެވެ.

މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

އެހެން ނަމަވެސް އެ ދެ މީހުންނަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހު އެވެ.

Ad
df

އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކޯޓަށް އޮތީ އަންގައިފަ އެވެ.