ހއ.،ހދ.،ށ. ހިމެނޭހެން ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ލުއިތަކެއް
އިންވެސްޓަރުން އައުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ހއ.، ހދ.، ށ. ހިމެނޭގޮތަށް ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ސަރުކާރުގެ މަސައްކަތްތަކާގުޅޭ މައުލޫމާތު ދެއްވުމަށް ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިހާތަނަށް ފަތުރުވެރިކަން ކުރިއަރާފައިނުވާ ރަށްތަކަށް ފަތުރުވެރިކަން ގެނ...