ދިވެއްސަކަށް ވުމަކީ ކޮބައިކަން އެނގިގެން ދިއުމަކީ ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ނޫސްވެރިންނާއި ބައްދަލުކުރަށްވައި ދައްކަވަމުންދާ ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި ދިވެހިންގެ އައިޑެންޓިޓީ ހިމާޔަތް ކުރުމަކީ މި ޤައުމުގެ މިނިވަންކަން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކީގައި ފޯރުކޮށްދިނުމުގައިވެސް ވަރަށް މުހިންމު ކަމެކެވެ.
''ދިވެއްސަކަށް ވުމަކީ ކޮބައިކަން އެނގިގެން ދިއުމަކީ ކުރެވޭ އިންވެސްޓްމަންޓެއް. އެ ފިކުރީ އިންވެސްޓަމަންޓް ކުރަންޖެހޭނެ. އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ ވަށާޖެހޭ ތަރައްޤީއެކޭ އަޅުގަނޑުމެން ބޭނުންވަނީ. ޢިމާރާތްތަކެއް ތަރައްޤީ ކުރުމާއި ފިކުރީ ތަރައްޤީ'' ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް ޕޮލިސީ"ކަން ފާހަގަކުރަށްވައި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަސްލަހަތު އިސްކުރުންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވާފައެވެ.
މީގެ އިތުރުން ދިވެހިންގެ މިނިވަންކަމާ، ސިޔާދަތީ ބާރު ހިމާޔަތްކޮށް ދެމެހެއްޓުމާއި، އަދި މި ހަމައިގެ މަތީގައި ހުރިހާ ޤައުމަކާ ގާތް ގުޅުމެއް ބޭއްވުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސްތައްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިސްރާއީލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަކީ ނިންމެވުނު ފަޚްރުވެރި ނިންމެވުމެއްކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!