ރާއްޖެއާއި ސިންގަޕޫރާ ދެމެދު ތިން އެއްބަސްވުމެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއާއި އެ ޤަައުމާއި ދެމެދު ތިން އެއްބަސްވުމެއް (ފަހުމުނާމާ) ގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. ސޮއިކުރެވުނު ތިން ފަހުމުނާމާގެ ތެރޭގައި ހިމެނެނީ: ޤާބިލުކަން ބިނާކު...