އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި
ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން، އީރާނަށް ދެމުން ހަމަލާތައް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުށްވެރިކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ. މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙަ އާއި ސްޓެބިލިޓީއަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ. ރައ...