ބ. މާޅޮހުގައި މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ސްމީކޮށް ފަށައިފައެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މި ދަތުރުފުޅުގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި މިސްކިތުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އަދި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިސްކިތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިިދާޅުވެފައި ވަނީ މި މިސްކިތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގެ ތެރެއިން ބިނާކުރެވޭ މިސްކިތެއް ކަމަށެވެ. އަދި މިސްކިތް ނިމުމުން އޭގައި ސޯލަރ ޕެނަލްތައް ހަރުކުރެވި، މުޅި މިސްކިތުގައި އެއަރކޮންޑިޝަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މި މިސްކިތުގައި ޤުރުއާން ކިޔަވައިދިނުމަށް ޚާއްޞަ ކުލާސްރޫމެއް ޤާއިމުކުރެވޭނެ ކަމަށާއި، އެހެނިހެން މުހިންމު ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
500 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!