ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
ހދ. ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދީޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ނައިވާދޫ އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދްމް ޝަރީފު ޢުމަރެވެ. ނައިވާދޫ ކައުންސިލް އިދާރާގެ އިމާރާތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަ...