މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ހުޅުމާލޭގައި ފޭސް އެކެއްގައި އަޅާ 182 އެފޯޑަބަލް ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި
Raajje

ހުޅުމާލޭގައި ފޭސް އެކެއްގައި އަޅާ 182 އެފޯޑަބަލް ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި ޢިމާރާތްކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސް...

ސަރުކާރުން ހުޅުމާލޭގައި އަޅާ ފުރަތަމަ ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި، 1300 އުޅަނދުގެ ޕާކް ކުރެވޭނެ
Raajje

ސަރުކާރުން ހުޅުމާލޭގައި އަޅާ ފުރަތަމަ ޕާކިން ބިލްޑިންގެ ބިންގާ އަޅައިފި، 1300 އުޅަނދުގެ ޕާކް ކުރެވޭނެ

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިންގ ބިލްޑިންގގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިއަދު ހެނދުނު ހުޅުމާލޭ ފޭސް 1 ގައި ބޭއްވި މި ރަސްމިއްޔާތުގައި، ޕާކިންގ ބިލްޑިންގގެ ބިންގާ އަޅުއްވައިދެއްވައި ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއެވެ. މި މަޝްރޫޢަކީ މާލޭ ސަރަހައ...

''އިޞްލާޙީ މަސައްކަތް ކުރަނީ އަމިއްލަ ފަސޭހައަށް ނޫން، އެއީ ޤައުމީ މަސްލަހަތުގައި ކުރާ މަސައްކަތްތަކެއް''
Raajje

''އިޞްލާޙީ މަސައްކަތް ކުރަނީ އަމިއްލަ ފަސޭހައަށް ނޫން، އެއީ ޤައުމީ މަސްލަހަތުގައި ކުރާ މަސައްކަތްތަކެއް''

މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓިވީގެ ޕްރޮގްރާމް “އެސްޕްރެސޯ ވިތު ރައީސް” ގައި ރޭ، ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަ...

''އަމާޒަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން''
Raajje

''އަމާޒަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން''

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އ...

''ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލިސް އިންތިޚާބު އިތުރަށް މިނިވަންވެ އިންސާފުވެރިވާނެ''
Raajje

''ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މަޖިލިސް އިންތިޚާބު އިތުރަށް މިނިވަންވެ އިންސާފުވެރިވާނެ''

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު މަޖިލިސް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަންގު ޓިވީން ކުރިއަށް ގެންދިޔަ “އެސްޕްރެސޯ ވިތު ރައީސް” ޕްރޮގްރާމުގައި ރޭ ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބައިވެރިން ކުރި ސުވާލުތަކަށް ޖަ...

ރައީސް ގިރާވަޅު ފަޅަށް، ދެވަނަ ފިޔަވަހީގެ 35 ހެކްޓަރުގެ ބިން ހިއްކައިފި
Raajje

ރައީސް ގިރާވަޅު ފަޅަށް، ދެވަނަ ފިޔަވަހީގެ 35 ހެކްޓަރުގެ ބިން ހިއްކައިފި

ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސް އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، ބިން ހިއްކުމާއި ވެލި އެޅުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)...

ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް ވަނީ އަންގާފައި: ބީބީސީ
International

ޗާގޯސް އެއްބަސްވުން ބަލައިނުގަންނަކަން ރާއްޖެއިން އިނގިރޭސިވިލާތަށް ވަނީ އަންގާފައި: ބީބީސީ

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ބަލައިނުގަންނަކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގަވާފައިވާކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސް ބީބިސީ އިން މިއަދު ރިޕޯޓުކޮށްފިއެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި “އިންތިހާއަށް ކަންބޮޑުވާންޖެހޭ” މި އެއްބަސްވުމާ ދެކޮޅުކަން، ލިޔުމުން ފޮނުވި ދެ އިޢުތިރާޒަކާއި، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ފޯނުން ކުރެއްވި މަޝްވަރާއެއްގައި ރާއްޖެއިން ހާމަކޮށްފައިވާކަމަށް ރައީސް މުޙައްމަދު މު...

ވިލިމާލޭގައި 300 ފްލެޓް ހިމެނޭ 17 ބުރީގެ ތިން ޓަވަރު
Raajje

ވިލިމާލޭގައި 300 ފްލެޓް ހިމެނޭ 17 ބުރީގެ ތިން ޓަވަރު

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ވިލިމާލޭގައި ކުރިއަށްގެންދާ 300 ހައުސިންގ ޔުނިޓުގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ މިރޭ އަޅައިފިއެވެ. މިކަމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) ގެ އިސްވެރ...

ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް
Raajje

ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް

ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ބޮޑު ފަޚުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާދެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް އަދިވެސް މި ބަލީގެ އަސަރު ކުރަމުންދާ ކަމަށެވެ. މި ބަލި ނައްތާލުމުގައި ވަރުގަދަ ސިއްހީ...

ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށް: ރައީސް
Raajje

ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށް: ރައީސް

ކައުންސިލްތަކަކީ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ، ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި އޮތް ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވެއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަ...

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު މަޖިލީހުގެ މި ދައުރުތެރޭ ހުށަހަޅަނީ
News

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު މަޖިލީހުގެ މި ދައުރުތެރޭ ހުށަހަޅަނީ

މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެނ...

މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުނަށާއި އަންހެނުންނަށް ޚާއްޞަ ކުރަނީ
Raajje

މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުނަށާއި އަންހެނުންނަށް ޚާއްޞަ ކުރަނީ

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށާއި އަންހެނުންނަށް ޚާއްޞަ ކުރުމަށް ޤާނޫނީ އިޞްލާޙުތަކެއް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރ...

''ހިލޭ އެހީއާއި ބޭރުގެ ލޯނާއި ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ކުރިއަށްދާނެ''
Raajje

''ހިލޭ އެހީއާއި ބޭރުގެ ލޯނާއި ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ކުރިއަށްދާނެ''

ބޭރުގެ ހިލޭ އެހީއާއި، ލޯނު އެހީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން މިއަދު ބޭއްވި ދެވަނަ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ތަފާތު އެކި މޮޑެލްތަކުގެ ތެރެއިން ކުރިއަށްގެންދާ ކަންކ...

''ކާޑުގެ ބާވަތްތައް ދަނީ އެތެރެކުރެވެމުން، އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ''
Raajje

''ކާޑުގެ ބާވަތްތައް ދަނީ އެތެރެކުރެވެމުން، އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ''

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް މެދުކެނޑުމެއްނެތި އެތެރެކުރެވެމުންދާ ކަމަށާއި، އެ ތަކެތީގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކާޑުގެ ދަތިކަމެއް ނެތި ކުރީގައިވެސް އޮތްގޮތަށް ހަނޑޫ، ހަކުރު، އަދި ފުށް އެތެރެކުރެވި، ސްޓޮކް ބެލެހެއްޓެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކާޑުގެ...

ރާއްޖޭގެ ތިން ސަރަހައްދެއްގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަނީ
Raajje

ރާއްޖޭގެ ތިން ސަރަހައްދެއްގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަނީ

ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ފިޔަވެއްސަކަށް ބަހާލައިގެން ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ކޮންމެ ދުވަހަކުވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެކަން ސަރުކާރުން ވަރަށް...