މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރައީސްގެ ދެ ކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި
Raajje

ރައީސްގެ ދެ ކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީޢަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސައޫދީ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގެ އެންމެހާ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ. މި ދަތުރުފުޅާ ގުޅޭ އެންމެހާ އިންތިޒާމުތަކެއް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގައެވ...

ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރާނެކަމުގެ ޔަޤީންކަން
Raajje

ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރާނެކަމުގެ ޔަޤީންކަން

ސަރުކާރުގެ ހިންގުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޞްލާޙުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން މީސްމީޑިއާގައި ހިއްސާކ...

އިންތިޚާބާ ގުޅިގެން އަންނަ އާދީއްތަ އާއި ހޯމަ ބަންދު
Raajje

އިންތިޚާބާ ގުޅިގެން އަންނަ އާދީއްތަ އާއި ހޯމަ ބަންދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓާ ގުޅިގެން، 2026 އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން 2026 އެޕްރީލު 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފ...

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި
Raajje

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި

މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަރުމާކުރެއްވި “މާލޭ ޓެކްސީ ލައިން” ގެ ޚިދުމަތް މިރޭ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. “މާލެ ޓެކްސީ”ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މިކަމަށް ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަ...

މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި
Raajje

މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. ސްކޭޓް ޕާރކް އެރީނާ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ސްކޭޓް ޕާރކް ހުޅުވުމަށްފަހު، ތިން އުމުރު ފުރައެއްގެ...

މި ދައުރުގައި ފާއިތުވި ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް
Raajje

މި ދައުރުގައި ފާއިތުވި ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް

މި ސަރުކާރުގެ ދައުރުގައި ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި ވިދާޅުވީ، އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް، އެކަންކަމަކީ ޤައުމަށް އެކަމު...

''ދެ އިންތިޚާބު އެއްދުވަހު ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، މިނިވަންކަން އިތުރުވާނެ''
Raajje

''ދެ އިންތިޚާބު އެއްދުވަހު ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، މިނިވަންކަން އިތުރުވާނެ''

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، އިންތިޚާބުތަކުގެ މިނިވަންކަން އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓުގައި އެކަމަށް “ފެންނަ” ކަމަށް ވޯޓު ދޭންޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ބޮޑެތި ފައިދާތަކެއް އޮތުމުން ކަމަށެވެ. މިހާރު އިންތިޚާބ...

ބީއެމްއެލްގެ 90 އޭޓީއެމްގެ ޚިދުމަތާއި ހަ ރަށެއްގެ އައު ބްރާންޗްތައް އިފްތިތާހުކޮށްފި
Business

ބީއެމްއެލްގެ 90 އޭޓީއެމްގެ ޚިދުމަތާއި ހަ ރަށެއްގެ އައު ބްރާންޗްތައް އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ގާއިމުކުރި 90 އޭޓީއެމްގެ ޚިދުމަތާއި އައު ބްރާންޗް ނެޓްވޯކް، ރާއްޖޭގެ 6 ރަށެއްގައި އެއް ވަގުތެއްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މާލޭގެ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އެއް ވަގުތެއްގައި 70 ޑޮލަރު އޭޓީއެމްއާއި ދިވެހި ރުފިޔާގެ 20 އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ. މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚ...

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އިތުރު 364 ޔުނިޓުގެ މަސައްކަތް ފަށައިފި
Business

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އިތުރު 364 ޔުނިޓުގެ މަސައްކަތް ފަށައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ. މިކަމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. ހު...

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000ރ.ގެ އެލަވަންސެއް
Raajje

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000ރ.ގެ އެލަވަންސެއް

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގައި، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކޮށް އިއްޔެ ގެޒެޓްކޮށްފިއެވެ. ކުރިން މި ސްކޮލަރޝިޕް ލިބެނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ވަކި ދާއިރާތަކަކުން ނެވެ. ނަމަވެސް، އަލަށް ގެޒެޓްކުރި އުސޫލާއެކު ދަރިވަރުން ބޭނުންވާ ކޮންމެ ރޮނގަކުންވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. ހައި އެޗީވަރސް ސ...

ބީއެމްއެލް އެފޯޑަބަލް އިތުރު 1190 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި
Business

ބީއެމްއެލް އެފޯޑަބަލް އިތުރު 1190 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި ޢިމާރާތްކުރާ 1190 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ. މިކަމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް މުޙައްމަދު މުޢިއްޒު އެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) ގެ ހުޅުމާލ...

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި
Raajje

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން، ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ. މިކަމާ ގުޅޭ ތަފްސީލް ހާމަކުރައްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފްލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓު ނ...

މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ
News

މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުން، އެ މެންބަރުންގެ ދައުރުގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ އުސޫލު ނުވަތަ ‘ރިކޯލް ވޯޓު’ ބިލު ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބ...

އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރަނީ
Raajje

އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރަނީ

އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް 2026 އިން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން...

މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޝަރުތުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ
Raajje

މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޝަރުތުތަކަކާއެކު ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތީގައި ގެދޮރު އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިންވެރިޔާ މަޝްރޫޢުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައުސިންގ ޔ...