މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރާއްޖޭގައި ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ގުރުއާން: ރައީސް
Raajje

ރާއްޖޭގައި ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ގުރުއާން: ރައީސް

ރާއްޖޭގައި މިވަގުތު ހުރި އަހްލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ގުރުއާން ކަމަށާއި ދިވެހިން އެނބުރި އެ ފޮތަށް ދާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެންމެ ކުޑަ ކުއްޖާ އިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ވެސް ކޮންމެ ދުވަހެއްގެ […]

ބޮލިފުށި ރިސޯޓްގެ ވެރިޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
Raajje

ބޮލިފުށި ރިސޯޓްގެ ވެރިޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

އޯޒެން ރިޒާވް ބޮލިފުށި ރިސޯޓްގެ ވެރިޔާ ހުސައިން ޝަރީފް ކުއްލި ގޮތަށް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވި ގޮތުގައި ހުސެއިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ގައުމީ ހިދުމަތްތެރިއެކެވެ. އަދި އޭނާއަކީ މިސްކިތް ބިނާ ކުރެއްވުމާއި ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށް ރައީސް ވިދާ...

ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
Raajje

ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކުއްވެރިކުރަށްވައިފިއެވެ. އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރ ސިޓީގައި ބޭއްވުނު ޓްރަމްޕްގެ ކެމްޕޭން ހަރަކާތެއްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވުނު ހަމަލާގައި ޓްރަމްޕްގެ ކަންފަތުގައި ވަޒަން ޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގީ ރޭ ބޭއްވުނު ކެމްޕެއިން ހަރަކާތެއްގައެވެ. މި ހަމަލާ ކުށްވެރިކުރައްވާ ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ސިޔާސީ މައިދާނުގައ...

ރައީސް މުޢިއްޒުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް
Raajje

ރައީސް މުޢިއްޒުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް

މިއަދު ފެށުނު ހިޖުރީ އައު އަހަރުގެ ތަހުނިޔާ، ރައީސް ޑެ. މުހައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. މުޢިއްޒު، 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަޚުންނާއި އުޚުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދޭނެ އަހަރަކަށް ވުމަށް ވަނީ އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ. ޚާއްޞަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް...

''އައު ކުރަންވީ އެއް ޢަޒުމަކީ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން''
Raajje

''އައު ކުރަންވީ އެއް ޢަޒުމަކީ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން''

ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މާދަމާ ފެށޭ ހިޖުރީ އައު އަހަރުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވަނީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މު...

އީރާނުގެ އާ ރައީސަށް، ރައީސް މުއިއްޒުގެ މަރުހަބާ
International

އީރާނުގެ އާ ރައީސަށް، ރައީސް މުއިއްޒުގެ މަރުހަބާ

އީރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މަސްއޫދު ޕެޒެޝްކިއާން އަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ. އިރާނުގެ ރިއާސީ އިންތިހާބު ބާއްވާފައި މިވަނީ، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު، އޭރު އިރާނުގެ ރައީސްއަކަށް ހުންނެވި އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓި އެމަނިކުފާނު އަވަހާރަ ވުމާއި ގުޅިގެން އެ މަގާމް ހުސްވުމުންނެވެ. އުމުރުން 69 އަހަރުގެ މަސްއޫދު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ހަ ކެނޑިޑޭޓުންނާ ވާދަކުރައްވައި، ދެވަނަ ބުރުންނެވެ. އިންތިހާބުގެ ދެވަނަ...

އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑު ވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
Raajje

އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑު ވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ

އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި އިންތިޚާބީ ބޮޑު ވަޒީރު ކިއެރ ސްޓާމަރ އަދި އޭނާގެ ލޭބާ ޕާޓީން ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދާފައިވާއިރު، އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ އިންޚާބީ ބ...

ކާމިޔާބީއެއް ހޯދުމަށް ވަރުގަދަ ޢަޒުމެއް މުހިންމު: ރައީސް
Raajje

ކާމިޔާބީއެއް ހޯދުމަށް ވަރުގަދަ ޢަޒުމެއް މުހިންމު: ރައީސް

ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން މުހިންމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީ ގައި ކުރިއަށް ދިޔަ މި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މަތީ ސާނަވީ މަރް...

ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި
Raajje

ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސް މުޢިއްޒު ތިން ސަފީރުން ޢައްޔަނުކުރަށްވާފައި ވަނީ ބަންގްލަދޭޝް އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށާއި، ތުރުކީވިލާތަށާއި އަދި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށެވެ. މިގޮތުން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު ވަނީ ޢައްޔަނުކުރަށްވާފައެވެ. ރިޕަބ...

ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަނީ
Raajje

ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަނީ

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޢިއުލާން ކުރަށްވައިފިއެވެ. ރައީސް މިކަން ޢިއުލާން ކުރަށްވާފައި ވަނީ މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތައް މަ...

ސްޓޭޓް މިނިސްޓަރު ޝަމްނާޒް ވަކިކޮށްފި
Raajje

ސްޓޭޓް މިނިސްޓަރު ޝަމްނާޒް ވަކިކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެ މަގާމުން ވަކިކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ޝަމްނާޒް އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. […]

ބަކާ ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް: ރައީސް
Raajje

ބަކާ ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް: ރައީސް

ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި […]

ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅަށް ހަރަދު ކުރީ 1.4 މިލިއަން ރުފިޔާ
Raajje

ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅަށް ހަރަދު ކުރީ 1.4 މިލިއަން ރުފިޔާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ޖޫން 8 އިން 11 އަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ވަފްދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާ އަށް […]

ރާއްޖޭން އޯއޭސީޕީއެސްގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވުމަށް ރައީސް ނިންމަވައިފި
Raajje

ރާއްޖޭން އޯއޭސީޕީއެސްގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވުމަށް ރައީސް ނިންމަވައިފި

ދިވެހިރާއްޖެއިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ “ސަމޯއާ އެގްރީމަންޓް” ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމުންނެވެ. އެގޮތުން، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ މިކަމާ ބެހޭގޮތުން ކަރުދާހެއް ކެބިނެޓަށް ހުށަހަ...

ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން ސްޓްރެޓެޖީއެއް އެކުލަވައިލަނީ
Raajje

ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން ސްޓްރެޓެޖީއެއް އެކުލަވައިލަނީ

ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިހެން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ވަނީ ކަރުދާހާ ހުށަހަޅުއްވާފައެވެ. މި ކަރިދާހަށް ވަޒީރުންވެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ. ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދ...