މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ: ރައީސް
Raajje

ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ: ރައީސް

5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރ...

ބޭރުގެ ގައުމެއްގެ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެ: ރައީސް
Raajje

ބޭރުގެ ގައުމެއްގެ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެ: ރައީސް

ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރު ކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުންކަމަށާއި، ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިނެއް މިހާރު ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރ...

ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެ: ރައީސް
Raajje

ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެ: ރައީސް

މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމަށެވެ. މިގޮތުން މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހ...

ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން: ރައީސް
Raajje

ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން: ރައީސް

ބްރިޖް އިން ޓޯލް ނެގުމަކީ ރައީސް މުޙައްމަދު މުޢިއްޒު ގެ ސިޔާސަތެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ރޭ އިފްތިތާހްކުރި “މާލެ ފަހި ޕްރޮގްރާމް”ގެ ޕްލޭންގެ ތެރޭގައި ސިނަމާލޭ ބުރިޖުން ޓޯލް ފީއެއް ނެގުމަށް ހިމަނާފައި އޮތުމުން ބައެއް މީޑިއާތަކުން ވަނީ އެކަން ރިޕޯޓުކޮށްފައެވެ. އެކަމާއި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވ...

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަނީ
Raajje

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ގަވަރުނަރު ޢަލީ ހާޝިމް އެ...

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި
Raajje

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް މިއަދު ވަކިކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް  ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. އަލީ ހާޝިމް ގަވަރުކަމުގެ މަގާމުން ވަކިކުރަން ރައީސް އަށް ލަފާއަރުވަން މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު އެވެ. އެގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި 63 މެންބަރުންގ...

ކަސްޓަމްސްގެ ވެރިޔަކަށް ދިޔާނާ، މާނިޢު ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
Raajje

ކަސްޓަމްސްގެ ވެރިޔަކަށް ދިޔާނާ، މާނިޢު ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފާޠިމަތު ދިޔާނާ (ޅ. ހިންނަވަރު ސަންދުރަ) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ދިޔާނާ އަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. ދިޔާނާ މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ދިޔާނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައެވެ. 18 ފެބްރުއަރީ 2024 ގައ...

ފަންނުވެރިކަން ކުރިއަރުވަން ބަޖެޓުން 25 މިލިއަން ރުފިޔާ ދޭނަން: ރައީސް
Raajje

ފަންނުވެރިކަން ކުރިއަރުވަން ބަޖެޓުން 25 މިލިއަން ރުފިޔާ ދޭނަން: ރައީސް

ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. “އަންވެއިލިން ވިޝަން 2024” ގެ ނަމުގައި އާޓް ގެލަރީގައި ކުރިއަށް ގެންދިޔަ މައުރަޒު ބައްލަވާލެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފަންނުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނާއި އެ ދާއިރާ އަށް ވަންނަން ޝައުގުވެރިވާ މީހުންނަށް މި ސަރުކާރުން ފުރުސަތު ހުޅުއްވައި ދެއ...

އައިސީޖޭގެ ލަފަޔާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އައުވެއްޖެ: ރައީސް
International

އައިސީޖޭގެ ލަފަޔާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އައުވެއްޖެ: ރައީސް

ހައްދުފަހަނާއަޅާފައިވާ އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކާގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިތުރަށް އައުވެއްޖެކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބަޔާންކޮށް، ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމް އަދި ޣައްޒާގެ އޮކިއުޕޭޝަން ވީހާވެސް އަވަހަކަށް ނިންމުމަށް ގެނައުމަށް އިސްރާއީލަށް ގ...

''އަޒުމަކީ މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުން''
Raajje

''އަޒުމަކީ މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުން''

އަޒުމަކީ ދިވެހި މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މަސްތުވާތަކެތީގެ މައްސަލައާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އަދި ގޭ...

ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލު ރައީސް ހާމަކުރައްވައިފި
Raajje

ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލު ރައީސް ހާމަކުރައްވައިފި

ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލާއިގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައެއް ވިސްނުންފުޅުތައް ރޭ ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރަށްވާފައި ވަނީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ޚިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދަށް ބަދަލުގެންނަންޖެހޭކަމަށ...

ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ''ނާރެސް'' ޕޯޓަލް އިފްތިތާހްކޮށްފި
Raajje

ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ''ނާރެސް'' ޕޯޓަލް އިފްތިތާހްކޮށްފި

ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ”ނާރެސް” ޕޯޓަލް ރޭ އިފްތިތާހްކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމު...

''ދެން އޮތް ދުނިޔެ މާ މުހިންމު، މުސްލިމެއްކަން އަބަދުވެސް ހަނދާން ހުންނަންޖެހޭނެ''
Raajje

''ދެން އޮތް ދުނިޔެ މާ މުހިންމު، މުސްލިމެއްކަން އަބަދުވެސް ހަނދާން ހުންނަންޖެހޭނެ''

ކޮންމެ ޤައުމެއްގައި ހުއްޓަސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ ކަމަށާއި، އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ވ...

ރައީސް ދެއްވާ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް
Raajje

ރައީސް ދެއްވާ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް

ރައީސް ދެއްވާ ސްކޮލާޝިޕާއި، ސަރުކާރުންދޭ ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް ދީފިއެވެ. މަތީ ސާނަވީ އިމްތިހާނުތަކުގެ 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދައިގެން މި ސްކޮލާޝިޕްތައް ހާސިލްކުރި ދަރިވަރުންނަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބުނީ 19 ދަރިވަރަކަށެވެ. އޭގެ އިތުރ...

ވަގްފު 2 އިމާރާތާއި ގުރުއާނާ ބެހޭ މަރުކަޒެއް އަޅަނީ
Raajje

ވަގްފު 2 އިމާރާތާއި ގުރުއާނާ ބެހޭ މަރުކަޒެއް އަޅަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނާ ބެހޭ މައުރަޒެއް އެޅުމަށް ގަސްދުކުރައްވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގަައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަަށެވެ. “މިރޭ ވަރަށް އުފާވެރި […]