ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިހެން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.

Ad
rt

އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ވަނީ ކަރުދާހާ ހުށަހަޅުއްވާފައެވެ. މި ކަރިދާހަށް ވަޒީރުންވެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގައި ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.

ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ނިންމެވިއިރު، އެމަނިކުފާނު ރޭ ވަނީ ފައިސާ ޗާޕުނުކޮށް، ބޮޑެތި ލޯނުތައް ނުނަގައި، އާމްދަނީ ހޯދައިގެން ދައުލަތުން ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެކި ފަރާތްތަކަށް ދައްކާފައިވާކަމަށް ވިދާޅުވެފައެވެ.

މިގޮތުން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.