ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލުއި ލޯނަށް ދެ ހަފްތާ ތެރޭ ހުޅުވާލަނީ
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދޫކުރުމުގެ ސްކީމެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ސްކީމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދެއް ކަމަށާއި، މި ސްކީމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށެވެ. މި ލޯނު ސްކީމްގެ މައިގަނޑު މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދ...