މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް
Raajje

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް

ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” އިއްޔެ ހަވީ ވަނީ ކުޅުދުއްފުށި ސިޓީގައި ފަށާފައެވެ. މި ކަމާއި ގުޅިގެން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމަންވެލްތު ޤައުމުތ...

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުފައްދައިފި
Raajje

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފިއެވެ. މިއީ މިއަދު ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދަވާފައިވާ އޮފީހެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ “މޯލްޑިވްސް މީޑިއާ ކައުންސިލު” (އެމްއެމްސީ) އުވިފައިވާ...

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނައިފި
Raajje

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮޅުމަޑުލު (ތ.އަތޮޅު) މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައި އެކަން ކަނޑައެޅުއްވި ގަރާރު ނެރުއްވައިފިއެވެ. މަޑިފުށީގެ އިޚްތިޞާޞްގައި އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނައި ދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ. ރައީސް މިދިޔަ ފެބްރުއަރީ މަހު ތ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މ...

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ތަޞްދީޤުކުރައްވައިފި
Raajje

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ތަޞްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ 16 ސެޕްޓެންބަރު 2025 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (6) ގައި 60 މެމްބަރުންގެ ވޯޓުންނެވެ. މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރަށްވާ ހިސާބުން މި ޤާނޫނަށް ޢަމަލުކުރަން ފެށުނީކަމަށް މި ބިލުގައި ހިމެނިފައިވުމާއެކު، މި ބިލު މި އަދު ރައީސް ތަޞްދީޤުކުރައްވައި، ރައީސް […]

އެއްވެސް ބެލުމެއްނެތި ދޮގު ވާހަކަ ފެތުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން: ރައީސް
Raajje

އެއްވެސް ބެލުމެއްނެތި ދޮގު ވާހަކަ ފެތުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން: ރައީސް

އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ދޮގެއްނުކުރުމުގެ އުސޫލުތަކެއް އޮންނަ ކަމަށާއި، އަޅުގަނޑުމެން މުސްލިމުންނަށްވީތީ އިލާހީ ޤާނޫނެއް އޮންނަކަމަށެވެ...

ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅަނީ
Raajje

ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅަނީ

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކޮށް، އެކަންކަމަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސުންނަށް މިހާރު ލިބެމުންދަނީ ވަރަށް ބޮޑު އިނާޔަތެ...

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި
Raajje

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ރެއިން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ. ”ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 15 ސެޕްޓެންބަރު ވީ ހޯމަ ދުވަހު، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (5)ގައެވެ. މި ބިލުގައިވާގޮތުން މި ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު...

ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި
Raajje

ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ އެންމެ އިސް މަޤާމުތަކަށް އައު ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ސީއެސްސީގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު މުޖްތާޒް އަދި ނައިބު ރައީސްކަމުގެ މަޤާމަށް މުޙައްމަދު ނާޞިޙް ވަނީ ޢައްޔަންކުރައްވާފައެވެ. ނާސިހަކީ މި ދިޔަ ދައުރުގެ އެ ކޮމިޝަންގެ ރައީސެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މި މަހުގެ 7 ގައެވެ. ހަނިމާދޫ ދާއިރާގެ 17 ވަނަ […]

ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި
Raajje

ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށް ދިޔަ އެއް ދުވަހުގެ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ސަމިޓުގައި އެމަނިކުފާނު ތަޤްރީރުކުރަށްވާފައިވާއިރު، އެ ތަޤްރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި...

ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ: ރައީސް
Raajje

ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ: ރައީސް

ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސަމިޓްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އެ ޤައުމުގެ ލީޑަރުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި، މިކަމަށްޓަކައި ރ...

ރާއްޖެއިން ޤަޠަރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފި
Raajje

ރާއްޖެއިން ޤަޠަރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފި

ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. ޝެރަޓަން ދޯހާ ހޮޓެލްގައި ބޭއްވެވި މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ސަރަހައްދީ މުހިންމު މައްސަލަތަކާމެދު މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި، އިސްރާއީލުން ޤަޠަރަށް އެޅި ޢުދުވާނީ ހަމަލާގައި ގިނަ ބަޔަކު ޝަހީދުވުމާ ގުޅިގެން ރައީސް މުޢިއްޒު ހިތާމަފުޅު ފާޅުކުރައްވައި، ޤަޠަ...

ގަތަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫން، އެ ޤައުމަށް ޙައްޤުވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން: ރައީސް
Raajje

ގަތަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫން، އެ ޤައުމަށް ޙައްޤުވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން: ރައީސް

ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫންކަމަށާއި، އެ ޤައުމަށް ޙައްޤުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުންކަމަށް ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޤަޠަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި، އެއީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުންކަމަށާއި، ޢަރަބި އަދި އިސްލާމީ އެންމެހައި...

ދިވެހިރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގައިވެސް ޑިމޮކްރަސީ ކުރިއަރާނެކަމުގެ ހެއްކެއް: ރައީސް
Raajje

ދިވެހިރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގައިވެސް ޑިމޮކްރަސީ ކުރިއަރާނެކަމުގެ ހެއްކެއް: ރައީސް

ދިވެހިރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގައިވެސް ޑިމޮކްރަސީ ކުރިއަރާނެކަމުގެ ހެއްކެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ހިއްސާކުރެއްވި މެސެޖުގައެވެ. ރައީސް މުޢިއްޒު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު ވަރަށްބޮޑަށް އިތުރުކުރައްވައި، ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއ...

ހާފިޒުންނަށް ރައީސް ދެއްވާ އިނާމާއި މެޑަލް ދިނުން ރޯދަ މަހުގެ 27ގައި
Raajje

ހާފިޒުންނަށް ރައީސް ދެއްވާ އިނާމާއި މެޑަލް ދިނުން ރޯދަ މަހުގެ 27ގައި

ކީރިތި ޤުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އިނާމު މި ތާރީޚަށް ހަމަޖެއްސެވުމުގެ މައިގަނޑު ސަބަބަކީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޙާފިޡުންނަށް ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވަވާ ޖަލްސާގައި ކަމަށްވާތީއެވެ. އަދި މި ޖަލްސާއަކީ ހާފިޒުންނަށް ރައީސުލްޖުމްހޫރިއް...

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް
Raajje

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޤަޠަރަށް ފުރާވަޑައިގެންފިއެވެ. މިމަހުގެ 15 ވަނަ ދުވަހު ބާއްވާ މި ސަމިޓަކީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ރައީސް ޚާއްޞަ ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. ރައީސް މުޢިއްޒު މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަކީ، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު […]