ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް''ގެ ފައިނަލް ދެ މެޗުގެ ރޭ ވަނީ ކުޅެފައެވެ. މި ދެ މެޗުވެސް ރައީސް ވަނީ ބައްލަވާ ލައްވާފައެވެ.
މާލޭގެ ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުޅުނު މި މުބާރާތުގެ ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރީ "މާލޭ" ޓީމާއި "އޭދަފުށީ" ޓީމެވެ. ދެވަނަ މެޗުގައި ވާދަކުރީ "ހުޅުދޫ ބޯއީ" އާއި "އިންޑިއާ" އެވެ.
މުބާރާތުގެ ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ޙަވާލުކޮށްދެއްވީ ރައީސް މުޢިއްޒެވެ.
"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްފައިވާއިރު، ޚާއްސަކޮށް، "ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް" ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، އެފަރާތްތަކަށް ޚާއްޞަ މެޑެއްޔާއި ޓްރޮފީވެސް މި ރަސްމިއްޔާތުގައި ވަނީ ދީފައެވެ.
ރައީސް އޮފީހުން ފާހަގަކުރަށްވާގޮތުގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ދިވެހިންނަށް އޮތް ފުރުސަތުތައް އިތުރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަގަވަން ފަށްޓަވާފައެވެ. އެގޮތުން ރާއްޖޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމާއި، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ދަނީ ތަންފީޒުކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!