އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ އޯގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި 19 އޯގަސްޓް 20256 ވަނަ ދުވަހު އެ އަތޮޅު ފެރިދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން ޢިއުލާން ކުރަށްވާފައެވެ.

Ad
rt

ރައީސް ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިއަދު މި ވަޢުދުފުޅު ފުއްދަވާފައެވެ.

މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަނީ

ރައީސް އޮފީހުން ބުނީ މިއީ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، އެ ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން ރައީސް ނިންމެވި ނިންމެވުމެކެވެ.

މި ނިންމެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރުން ވަނީ، ކުރިން ނެރުއްވާފައިވާ ޤަރާރު، ''ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން'' އަށް އިޞްލާޙު ގެންނަވާފައެވެ. މި އިޞްލާޙާ އެކު، އެ ޤަރާރުގެ ޖަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ވަނީ އިތުރުކުރައްވާފައެވެ.