ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ރަށުގެ ބޮޑުމިނަށް ބަލައި ބަދަލުކުރަނީ
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ފޯމިއުލާ ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވ...