މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
''މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރުމަކީ ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަންދޭ ކަންތައް''
Raajje

''މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރުމަކީ ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަންދޭ ކަންތައް''

ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަމެއް ދޭން ބޭނުންފުޅުވާ ކަމަކީ، މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒުގެ ދެ ކަނބަލުންނާއި އާއި ސަރުކާރު މަތީ ފަންތީގެ ވަފުދެއް މި މަހު 7 ވަނަ ދުވަހުން ފެށިގެން އަންނަނީ ޗައިނާ އަށް ފުރައްމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް […]

''ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ރާއްޖޭގެ ތަރައްޤީގެ ތަސައްވުރު''
Raajje

''ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ރާއްޖޭގެ ތަރައްޤީގެ ތަސައްވުރު''

ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައ...

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވައިފިއެވެ. މި ސަރުކާރާއި ޚާއްޞަ ގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އަށް ރައީސް ރޭ ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ޤައުމަށް ވަޑައިގެންނިވިއިރު، އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކެވެ. ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދު ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން...

މީޑިޔާ ވިލެޖު ހުޅުމާލޭގައި އަޅަން ނިންމައިފި
Raajje

މީޑިޔާ ވިލެޖު ހުޅުމާލޭގައި އަޅަން ނިންމައިފި

ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖު ހުޅުމާލޭގައި ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި ތަނެއް ގާއިމުކުރުމަށް ނިންމަވައި، މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށ...

ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގެ ދިވެހި މަސައްކަތްތެރިންނަށް
Raajje

ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގެ ދިވެހި މަސައްކަތްތެރިންނަށް

ސަރުކާރުން އަޅާ ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިންނަށް ޚާއްސަކޮށް ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ. މިގޮތުން މި ކަރުދާހާމެދު މަޝްވަރާ ހިންގެވުމަށްފަހު ރައީސް ވަނީ ސ...

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ފުރާވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން މިރޭ ޗައިނާ އަށް ފުރައިވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަ...

ކައުންސިލަށް ބަދަލުވި އާބަންކޯ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެ: ރައީސް
Raajje

ކައުންސިލަށް ބަދަލުވި އާބަންކޯ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެ: ރައީސް

އާބަންކޯގެ ބެލުމުގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަށް ބަދަލުވި މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށް، އެ ހިދުމަތުގައި ހިމެނޭ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމި ނިންމުމާ އެކު ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ...

ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަނީ
Raajje

ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަނީ

މާލޭ ސީޓީގެ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ މަހު ކުލި ކުޑަކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ހުޅުމާލެ ފޭސް 1 އަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި […]

ރިސްކެއް ނުނަގައި އާޒިމާ ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންފި
Raajje

ރިސްކެއް ނުނަގައި އާޒިމާ ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންފި

ވިލިމާލޭގެ ރައްޔިތުން ރިސްކެއް ނުނަންގަވާ މާލޭ ސިޓީގެ މޭޔަރުކަމަށް އާޒިމާ ޝަކޫރު ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. ރައީސް މިމޭރުމުން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭންގައި މިއަދު ވިލިމާލެއަށް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ...

ރައީސް ވިދާޅުވަނީ 5 އަހަރު ނިމޭއިރު، މާލޭގައި ގެދޮރު ނުލިބޭ މީހަކު ނުހުންނާނެ ކަމަށް!
Raajje

ރައީސް ވިދާޅުވަނީ 5 އަހަރު ނިމޭއިރު، މާލޭގައި ގެދޮރު ނުލިބޭ މީހަކު ނުހުންނާނެ ކަމަށް!

މިހާރު ހިނގަމުން އަންނަ ފަސް އަހަރު ނިމޭ އިރު، މާލޭގައި ގެދޮރު ނުލިބޭ އެކަކު ވެސް ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ދުވަހެއް ވެސް ބޭކާރު ނުކުރައްވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ގެދޮރުގެ […]

މާލޭގެ މޭޔަރަކަށް ޖެއްސުން ކުރާ މީހަކު ހޮވުމަކީ ބުއްދިވެރި ކަމެއް ނޫން: ރައީސް
Raajje

މާލޭގެ މޭޔަރަކަށް ޖެއްސުން ކުރާ މީހަކު ހޮވުމަކީ ބުއްދިވެރި ކަމެއް ނޫން: ރައީސް

ސަރުކާރަށް ޖެއްސުން ކުރާ މާލޭގެ މޭޔަރަކު ހޮވުމަކީ މާލޭގެ ރައްޔިތުންނަށް ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށާއި މާލޭގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށް ގެންދަން މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ހޮވަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އާޒިމާގެ މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނެވި އިރުގައި އޭރުގެ ސަރުކާރުން ކޮނ...

''މިތިބީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެ''
Raajje

''މިތިބީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެ''

މި ސަރުކާރުގައި ތިބީ 24 ގަޑިއިރު ހީވާގިކަމާއެކު މަސައްކަތްކުރާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ތިއްބެވީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފްތިތާޙްކޮށް ދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސ...

ފުނަދޫ-މާލެ-ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރަކަށް
Raajje

ފުނަދޫ-މާލެ-ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރަކަށް

ކ. ފުނަދޫ އާއި މާލެ އަދި ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ. މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި މި ބޮޑު މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށްފަހު ރަ...

25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވީއައިއޭ ހެދުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙްކޮށްފި
Raajje

25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވީއައިއޭ ހެދުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙްކޮށްފި

25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ހެދުމުގެ ބޮޑު މަޝްރޫޢު މިރޭ އިފުތިތާޙްކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ިކަމަށް މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ އިފްތިތާޙް ކުރެވިގެން ދިޔައީ ދިވެހިންގެ އުންމީދު ކަމުގައި ވިދާޅުވެފައެވެ. ވީއައިއޭ ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީ...

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވަނީ
Raajje

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވަން ހަމަޖެހިފައި ވަނީ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުން ޗައިނާއަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ (7 ޖެނުއަރީ) ގައެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ...