ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވަން ހަމަޖެހިފައި ވަނީ ފުރަމާނަ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުން ޗައިނާއަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ (7 ޖެނުއަރީ) ގައެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅު ނިންމަވާލައްވާގޮތައް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ޗައިނާ އަކީ މި ސަރުކާރާއި ޚާއްޞަ ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ އަރަބި އިސްލާމީ ޤައުމެއްކަމަށްވާ ތުރުކީ ވިލާތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!