އީއައިއޭ ހެދިފައި ހުންނަނީ ރަނގަޅު މަޢުލޫމާތަށް ބިނާކޮށެއް ނޫން: އިބްރޭ
ބިން ހިއްކާއިރު އީ.އައި.އޭ ހެދިފައި ހުންނަނީ ރަނގަޅު މަޢުލޫމާތަށް ބިނާކޮށް ނޫން ކަމަށާއި، އެހެން ކަމުން ބިން ހިއްކުމުން އެ ރަށާއި އަދި ޖެހިގެން އޮންނަ ރަށްތައް ގިރުމުގެ ފުރުޞަތު ބޮޑުކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރާޙީމް ޝަރީފް އެހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި “ވ. ފުލިދޫ ގިރަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައި […]