ދޮގުހެދުން ނޫން ކަމެއް ނުދައްނަ މީހެއްގެ ބަސް ދިވެހިން ދެން ޤަބޫލެއް ނުކުރާނެ ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ޣައްސާން ވިދާޅުވީ ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އަނެއްކޮޅުން އޮޅުވާލީ ކަމަށް ބުނާ ކަމަށާއި، އިސްތިއުފާދީފައި ވެސް ބަޣާވާތެއް ކުރީކަމަށް ބުނި ކަމަށެވެ.

ވެރިކަންކަމާއި، މަޖިލިސް ލިބި ހުރިހާ ބާރެއް ލިބުނީމާވެސް ކުރީ ސަރުކާރު ނުވަތަ ކޯލިޝަނާއި ހެދި ކަންކަން ނުވާކަމަށް ބުނަމުންދާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ދޮގުހެދުން ނޫން ކަމެއް ނުދައްނަ މީހެއްގެ ބަސް ދެން ދިވެހިން ޤަބޫލެއް ނުކުރާނެ ކަމަށެވެ.

"ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު، އަނެއްކޮޅުން އޮޅުވާލީ ކަމަށް، އިސްތިއުފާދީފަ ބަޣާވާތެއް ކުރީކަމަށް، ވެރިކަން، މަޖިލިސް ހުރިހާ ބާރެއް ލިބުނީމާ ކުރީ ސަރުކާރު ނުވަތަ ކޯލިޝަން، ދޮގުހެދުން ނޫން ކަމެއް ނުދައްނަ މީހެއްގެ ބަސް ދެން ދިވެހިން ޤަބޫލެއް ނުކުރާނެ"

=ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން=

ޣައްސާން މިހެން ވިދާޅުވި މި ދަނޑިވަޅަކީ ރިޔާސީ ނިޒާމަށް ތާއީދު ކުރަށްވާ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ކުރެއްވި ޓުވީޓާއި ގުޅިގެން މައުމޫނާއި، ކުރީގެ ރައީސް، ރައޫސް ނަޝީދާއި ދެމެދު ޓުވީޓާގައި ރައްދު ދެމުންދާ ދަނޑިވަޅެއްގައި އެވެ.