ކޮމަންވެލްތް ގޭމްސްގައި އަލުން ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ މެމްބަރުކަން އަލުން އަނބުރާ ރާއްޖެއަށް ދީފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. އެ ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މި ނިންމުމާ އެކު، ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޖަމާއަތުން އެކަން އަންގާފައި ވަނީ، އެ އިދާރައިގެ ރައީސް ލޮއިސް މާޓިން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ. “މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ނުހަނު އުފާވެރި ދުވަހެއް. […]