ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފިއެވެ. “ޝެފް މޯޑު” ގެ ބްރޭންޑިންގް އިފްތިތާޙުކުރުމުގެ މި ޖަލްސާގައި ވަނީ ދިވެހި ނަންނަތަކެއް އެކުލެވޭ، ދިވެހި ވަންތަ ރެސިޕީ ތަކަކާއި އެކު މި ފޮތް ނެރެފައެވެ. ހެންވޭރު އާރާގޭގައި އޮތް މި ޙަފްލާގައި، މި ފޮތް ނެރެދެއްވާފައިވަނީ، މިނިސްޓްރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އެންޑް އެމްޕަވަރމެންޓް އަހުމަދު މަހުލޫފްއެވެ. “ޓޭސްޓް ހޯމް”ގެ ނަމުން ނަންދީފައިވާ މި ފޮތަކީ ޝެފް މޯޑުގެ މުޅިންވެސް އަމިއްލަ އުފެއްދުންތަކެކެވެ. އަދި މި […]
މުޙައްމަދު މާއިލް ހަސަން
އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރަށްސާރަ ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި، އެއީ ބޮޑު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ”އަހާށޭ ބުނާނަން” ޕްރޮގްރާމްގައި، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ކުރިން ފެތުރިފައިވާ ޚަބަރާއި ގުޅިގެން އެހުން ތެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ދެއްކެވި އެވާހަކަތައް މީޑިއާތަކުގައި ގެނެސްދީފައި ވ...
ޔުމްނާ ޢަލީ
ޖިންސީ ގޯނާއާއި ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ “ވޮއިސް އޮފް ޗިލްޑްރެންސް” ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލަން މިއަދު އެއްވާން ނިންމައިފިއެވެ. އެ ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާގައި އާންމު ކުރި މެސެޖެއްގައި ބުނެފައި ވަނީ ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލުމަށް މިއަދު ހަވީރު 4:00 ގައި ނުކުތުމަށް ގޮވާލާ ކަމަށެވެ. މިގޮތުން ނުކުންނަށް އެދިފައި ވަނީ މާލޭ ސިޓީގެ މަޖީދީމަގު، ހުސްނޫ ގޭ ކުރިމަށްޗަށެވެ. އަދި އެ ޕޯސްޓްގައި […]
ޝިއުނާ އާދަމް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ. ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، އެގްރިކަލްޗަރ މިނިސްޓްރީއިން މިއަދު ބުނީ ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް އެ ނިސްޓްރީން ކުރަމުން ގެންދަވާ ކަމަށެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ...
ޔުމްނާ ޢަލީ
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ބައެއް މީހުން އަޑު ފެތުރިނަމަވެސް އެމައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ކަމަށާއި، އެއީ ރޭޕްކުރުމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ”އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ އެމައްސަލާގައި ހަޤީގަތުގައި ހިނގާފައިވަނީ އ...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް ހަވާލުވެފައިވާ ރ. އަނގޮޅިތީމުގެ ބަނދަރުގެ މަޝްރޫޢޫގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. އެމްޓީސީސީން ބުނީ ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 22 އޮކްޓޯބަރ 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފަރާތުން ނ.ހޮޅުދޫގައި މަސްކެނޑުމަށް ޚާއްސަތަނެއް ހަދައިދީފިއެވެ. ބީއެމްއެލްގެ “ކޮމިޔުނިޓީ ފަންޑް”ގެ ފަރާތުން ހަދާދީފައިވާ މި މަސްކަނޑާތަން ހަދާފައިވަނީ މަހެއްގެ ފަރުމާއަށެވެ. މިތަނަކީ ހޮޅުދޫ މަސްވެރިންގެ އިތުރުން، އެ ރަށުގެ ޢާންމު ރައްޔިތުންނަށްވެސް މަސްކެނޑޭނެހެން ހަދާފައިވާ ތަނެކެވެ. މި ތަނުން މަސްކަނޑަން ބޭނުންވާ ފަރާތްތަކަށް ރޭގަނޑު މަސްކެޑޭނެހެންވަނީ ލައިޓު ހަރުކޮށްދީފައެވެ. އަދި އެއްފަހަރާ8 މީހުންނަށް މަސްކަނޑަން ހުރެވޭއިރު، ރީތިފެން އިސްކުރުވެސް ވަނީ...
މުޙައްމަދު މާއިލް ހަސަން
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމާލެއިން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ. މިގޮތުން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދެ ދިވ...
ޖަލްވާން ޖާދުﷲ
ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް އެއް ޗުއްޓީ ދަތުރުގައި އެންމެ ފެސިލިޓީއެއް ގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި ގިނަ ފެސިލިޓީތަކުގައި ޗުއްޓި ހޭދަކުރެވޭގޮތަށް ސްޕްލިޓް ސްޓޭ ހުއްދަ ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު މި ހުއްދަ ކުރިން އޮތީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ޗުއްޓީއަށް ދެވޭގޮތަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މި ދިން ސްޕްލިޓް ސްޓޭ ހުއްދައާއިއެކު މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ރިސޯޓްތަކުގެ އިތުރުން ގެސްޓ...
އިބްރާހިމް ޚަލީލް
މޫދުގައި މީހަކު މަރުވެފައި އޮއްވާ ހާދިސާއާއި ގުޅޭ މައުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުންގެ އެހީއަށް އެދިއްޖެ އެވެ. ފުލުހުން މިރޭބުނެފައިވަނީ އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ މިހާކު ނުވަތަ ބަޔަކު ވޭތޯ ބެލަށް ބޭނުންވާކަމަށެވެ. ފުލުހުން ބުނެފައިވަނީ އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފ...
އަލީ އާދިލް
އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ. ފުލުހުން ދެންމެ ވިދާޅުވީ އޭނާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ކަމަށެވެ. އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާގެ ހަށިގަނޑު ފެނުނީ، އައިޖީއެމްއެޗާ ދިމާ ބޭރު...
ޝިއުނާ އާދަމް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންދާ ބައެއް ޚިދުމަތް ތަކަށް ބުރޫ އަރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ގައުމީ ބޭންކް، ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ އެ ބޭންކްގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން އެ ބޭންކުން ފޯރުކޮށް ދެމުންދާ މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން ބޭނުން ކުރުމުގައި ކަސްޓަމަރުންނަށް ދަތިތައް ކުރިމަތިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ މައްސަލަ ވީއެންމެ އަވަހަކަށް […]
ޔުމްނާ ޢަލީ
ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. މަރުވެފައި އޮށްވާ ފެނިފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. އައިޖީއެމްއެޗް އާއި ދިމާ ބޭރުން މޫދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:40 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް […]
ޝިއުނާ އާދަމް
އެކިފަހަރުމަތިން ރާއްޖެ އަށް ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު 503 ގުރާމް ޑުރަގު އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ، މިދިޔަ ހަތަރު ވަރަކަށް މަސް ތެރޭގައި ޕޯސްޓުގެ ޒަރީއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގެންފައިވާ ކަމަށެވެ. ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގެންފައިވަނީ މިއަހަރުގެ ޖޫން 28 އިން 13 އޮކްޓޯބަރުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަތ...
ޔުމްނާ ޢަލީ
ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ އަޙްމަދު ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައި މަޤާމުގެ ހުވައިކުރެއްވުމާއި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ މަނިކުފާނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ހުވައ...
ޔުމްނާ ޢަލީ