ފައިސާތައް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި 20 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފި
މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި 20 އަހަރުގެ ޒުވާނެއް ހައްޔަރު ކޮށްފިއެވެ. އެމައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ރޫޓު ފިހާރައިގެ ފައިސާތަކެއް ވަގަށް ނަގަން އުޅުނު މައްސަލައިގެ ތުހުމަތުގައިި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިމީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ރާއްޖޭގައި ދުންފަތާއި […]