މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް ހަވާލުވެފައިވާ ރ. އަނގޮޅިތީމުގެ ބަނދަރުގެ މަޝްރޫޢޫގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.

އެމްޓީސީސީން ބުނީ ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 22 އޮކްޓޯބަރ 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

Ad
rt

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 44.31 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.

ްމި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 08 އޮކްޓޯބަރ 2020 ގައި އެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް ފުރިހަމަ ކުރުމަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެވެ.

ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.