ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް އެއް ޗުއްޓީ ދަތުރުގައި އެންމެ ފެސިލިޓީއެއް ގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި ގިނަ ފެސިލިޓީތަކުގައި ޗުއްޓި ހޭދަކުރެވޭގޮތަށް ސްޕްލިޓް ސްޓޭ ހުއްދަ ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު މި ހުއްދަ ކުރިން އޮތީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ޗުއްޓީއަށް ދެވޭގޮތަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މި ދިން ސްޕްލިޓް ސްޓޭ ހުއްދައާއިއެކު މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސް ތަކާއި ސަފާރީތަކުގައި ވެސް ޗުއްޓީ ހޭދަކުރެވޭނެއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ވޭތުވި ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 27،217 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ހުސްވި ހަފުތާގައި އިމިގްރޭޝަނުން އާންމުކުރި ހިސާބުތަކުން ވަނީ ހާމަ ވެފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގެ ގެސްޓްހައުސްތައް ވެސް މިމަހު 15 އިން ފެށީގެން ވަނީ ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!