މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,848 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 932 ވަނަ ޞަފްޙާ

އުތުރުގެ އިތުރު 3 ރަށެއްގެ ފެނަކަ އައު އިންޖީނުގެތަކުގެ ބިންގާ އަޅައިފި

އުތުރުގެ އިތުރު 3 ރަށެއްގެ ފެނަކަ އައު އިންޖީނުގެތަކުގެ ބިންގާ އަޅައިފި

ފެނަކައިން، ށ. މާއުނގޫދޫއާއި، ނ. މަނަދޫއާއި އަދި ނ. ފޮއްދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެ ތަކުގެ ބިންގާ އަޅައިފިއެވެ. އެރަށްރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެރަށްތަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދެވެ. މިގޮތުން ށ. މާއުނގޫދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއާއި، އައު އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުން ނިންމާ ގޮތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓ...

އަޙްމަދު އަސްފާން
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ މުބާރާތާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި، އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އެ މިނިސްޓްރީން އިންތިޒާމްކޮށްގެން، ޢުމުރުން 05 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން އިސްލާ...

އަޙްމަދު ވަހީދު
ހުއްޓުވީ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ނޫން: ފުލުހުން

ހުއްޓުވީ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ނޫން: ފުލުހުން

ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށެވެ. އެ އޮޕްރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ފުލުހުން ހާމަކުރަމުންގެންނެކަމުގައި ވެސް ފުލުހުން ބުންޏެވެ. “ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަ...

ޔުމްނާ ޢަލީ
ފުލުހުން ހުއްޓުވި ޓެރަރިޒަމް އަމަލާއާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ޢަދަދު 6 އަށް

ފުލުހުން ހުއްޓުވި ޓެރަރިޒަމް އަމަލާއާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ޢަދަދު 6 އަށް

ފުލުހުން ރޭ ހުއްޓުވި ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅިގެން މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާކަމަށެވެ. އެ ކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާކަން ހާމަކޮށް ފުލުހުން ރޭ އިތުރަށް ބުނީ މި އޮޕަރޭޝަންގައި މާ...

އަޙްމަދު ވަހީދު
ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ, އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތް: ނައިބު ރައީސް

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ, އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތް: ނައިބު ރައީސް

ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދިޔަ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑު ހައުސް ހުޅުވައިދެއްވުމަށް ރޭ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ޤާބިލު ޒުވާނ...

ޔުމްނާ ޢަލީ
މާލެ އަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށް، ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި: ރައީސް

މާލެ އަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށް، ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި: ރައީސް

މާލެއަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ “ލޮނުޒިޔާރަތް ޕާކު” ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ފަދަ ޕާކެއް އޮތުމުގެ މުހިންމު...

ޝިއުނާ އާދަމް
ބަޙްރައިންގެ ރަސްގެފާނަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ބަޙްރައިންގެ ރަސްގެފާނަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ބަޙްރައިންގެ ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ބަޙްރައިންގެ ބޮޑުވަޒީރު، ޝެއިޚް ޚަލީފާ ބިން ސަލްމާން އަލްޚަލީފާ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެކަން އެޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފައިވަނީ މިއަދު އެވެ. ބޮޑުވަޒީރު އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮނ...

ޔުމްނާ ޢަލީ
ޓެރަރިޒަމް ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފި

ޓެރަރިޒަމް ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފި

ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާކަމަށެވެ، ފުލުހުން އިތުރަށް ބުނީމިކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދާކަމަށެވެ. ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ...

ޔުމްނާ ޢަލީ
ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއިބެހޭ ސައްހަ މަޢުލޫމާތު ހިއްޞާ ކުރުމަށް އިލްތިމާސްކޮށްފި

ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއިބެހޭ ސައްހަ މަޢުލޫމާތު ހިއްޞާ ކުރުމަށް އިލްތިމާސްކޮށްފި

ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއިބެހޭ ސައްހަ މަޢުލޫމާތު ހިއްޞާ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިލްތިމާސް ކޮށްފިއެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙިއްޞާކުރަމުން އަންނަ ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން އިކޮނިމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ކޯޕ...

އިބްރާހިމް ޚަލީލް
ފެނިގެންދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތަށް އިސްކަންދެއްވިތަން: ރައީސް

ފެނިގެންދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތަށް އިސްކަންދެއްވިތަން: ރައީސް

ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި، ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުން، އެ ސްލޮޓަށް ވަޒީރެއް އައްޔަނު ކުރުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ކިބައިން ފެނިގެން ދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތު އިސްކުރެއްވިތަން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙ...

ޔުމްނާ ޢަލީ
އަޅުގަނޑަކީ ވަކިމީހަކު ބާކީކޮށް، ވަކިމީހަކު ދުރަށްލާފައި ކަންތައް ކުރާނެ މީހެއްނޫން: ރައީސް

އަޅުގަނޑަކީ ވަކިމީހަކު ބާކީކޮށް، ވަކިމީހަކު ދުރަށްލާފައި ކަންތައް ކުރާނެ މީހެއްނޫން: ރައީސް

އެމަނިކުފާނަކީ ވަކިމީހެއް ބާކީކޮށް، އަދި ވަކިމީހެއް ދުރަށްލާފައި ކަންތައްތައް ކުރަށްވާނެ މީހެއް ނޫންކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ މިޒާޖަކީ ގިނަ މީހުން ގޮވައިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ގިނަމީހުން މަޝްވަރާ ކުރަށްވައިގެން ކަންތައްތައް ނިންމަވާ ބޭފުޅެއް ކަމަށެވެ. އަދި...

ޝިއުނާ އާދަމް
ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން: ރައީސް

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން: ރައީސް

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރުތެރޭ ކުރެވުނު އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަތް އެއްކަމަކީ ހިލޭ ޑިގްރޭއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމާއި، މަތީ ތަޢުލީމަށް ހުޅުވާލެވުނު ފުރުޞަތުތައް ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކު...

ޔުމްނާ ޢަލީ
ތަޢުލީމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ތަޢުލީމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ތަޢުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަ...

އަޙްމަދު ވަހީދު
އަލަށް ފަށާ 10 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

އަލަށް ފަށާ 10 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫޢުތަކުގެ ތެރޭގައި 6 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި މިއަދު މަސައްކަތް ހަވާލުކުރި މަޝްރޫޢުތައް 1- ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ފަރެސްމ...

ޝިއުނާ އާދަމް
ރައީސް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

ރައީސް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި މާދަމާ ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޓީވީ އާއި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށެވެ. ރައީސް ޤައުމާ މުހާތަބު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. ކޮންމެ އަހަރަކު ވެސް ޖުމްހޫރީ ދުވަހާއި ގ...

އިބްރާހިމް ޚަލީލް