މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,848 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 931 ވަނަ ޞަފްޙާ

ވޭތުވި 2 އަހަރުތެރޭ ރާއްޖޭގެ 24 ސަރަޙައްދެއް ހިމާޔަތް ކޮށްފިން: ޑރ. ޙުސައިން

ވޭތުވި 2 އަހަރުތެރޭ ރާއްޖޭގެ 24 ސަރަޙައްދެއް ހިމާޔަތް ކޮށްފިން: ޑރ. ޙުސައިން

މި ސަރުކާރުގެ ވޭތުވި 2 އަހަރު ދުވަސް ތެރޭގައި ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ 24 ސަރަޙައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު، ޑރ. ޙުސައިން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ސަރުކާރަށް 2 އަހަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު، ޑރ. ޙުސައިން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ތިމާވެށީގެ ދާއިރާއިން ވެފައިވާ އެންމެ ބޮޑު ވަޢުދަކީ ކޮންމެ އަތޮޅަކުން 1 […]

ޝިއުނާ އާދަމް
ލޯނެއް ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް

ލޯނެއް ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް

300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރުމަށް، އެ ހޮސްޕިޓަލްގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމަށް ދަންނަވައިދޭން އެދިފައިވާ ސިޓީއެއް އާންމު ވެއްޖެއެވެ. އާންމުވެފައިވާ ސިޓީއަކީ ރައީސް ޞާލިޙަށް އެޑްރެސްކޮށް، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ނަމުގައި ސޮއި ކޮށްފައިވާ ސިޓީއެކެވެ. އާންމުވެފައިވާ މި ސިޓީގައި ބުނެފައި ވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަ...

އަލީ އާދިލް
އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަކީ ދީނަށާއި، ޤުރްއާނަށް ލޯބިކުރާ ބަޔަކަށް ހެދުން: ނައިބު ރައީސް

އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަކީ ދީނަށާއި، ޤުރްއާނަށް ލޯބިކުރާ ބަޔަކަށް ހެދުން: ނައިބު ރައީސް

ރައީސް އިބްރާޙީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ދިވެހިރައްޔިތުންނަކީ ދީނަށް ލޯބިކުރާ، އަދި ވަކިން ޚާއްޞަކޮށް ޤުރްއާނަށް ލޯބިކުރާ އަދި ރިވެތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުން ކަމަށާއި އަދި އެއީ ވަރަށް މަތީ މަޤްޞަދެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވިދާޅުވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހެނދުނު އިސްލާމީ މަރުކަޒުގ...

ޔުމްނާ ޢަލީ
ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދު ﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. އެ މައްސަލާގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އަސްއަދު ޝަރީފެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ  ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް […]

އަލީ އާދިލް
އިތުބާރުގެ މައްސަލަ ވައްދާ ނަމަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށްލިޔޭ: މަލީޙް

އިތުބާރުގެ މައްސަލަ ވައްދާ ނަމަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށްލިޔޭ: މަލީޙް

އިތުބާރުގެ މައްސަލަ ވައްދާނަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށް، އެމައްސަލަ ހުށަހަޅާ ލިޔުމުގައި ލިޔުން ރަނގަޅުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ، ”މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގާ ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިން” ކަމަށް ވިދާޅުވެ، އެމްޑ...

އަލީ އާދިލް
ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް

ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް

ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޯވިޑު ބަލީގައި ރާއްޖެއިން މަރުވި 44 ވަނަ މީހާއެވެ. އަދި މި ބަލީގައި އިއްޔެ ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް […...

އަޙްމަދު ވަހީދު
ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށް، ހދ. އަތޮޅުން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށް، ހދ. އަތޮޅުން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ގުގުރައި، ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ. މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ މި ސަރަޙައްދުތަކަށް މިރޭ މެންދަމު 2:00 އިން ފަތިހު […]

އަޙްމަދު ވަހީދު
ތިން މަޤާމަކަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ތިން މަޤާމަކަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށާއި ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. މި މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ،...

ޔުމްނާ ޢަލީ
މިއަދުވެސް ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

މިއަދުވެސް ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

ކޯވިޑް19 އަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 79 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީގައި ރާއްޖެ އިން ނިޔާވި 43 ވަނަ މީހާއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ ކޯވިޑް އަށް ފަރުވާ ހޯދަމުން ދިޔަ 57 އަހަރުގެ ފިރިހެނަކު އިއްޔެ ވެސް ވަނީ ނިޔާވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ، 45 އަހަރުގެ އަންހެނަކުވެސް ނިޔާވެފަ އެވެ. އެޗްޕީއޭއިން ވިދާޅުވީ މިއަދު 10:50ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 79 […]

ޔުމްނާ ޢަލީ
ސްޓެލްކޯއިން ގާއިމްކުރި ބަސް ހުއްޓި ހުޅުވައިފި

ސްޓެލްކޯއިން ގާއިމްކުރި ބަސް ހުއްޓި ހުޅުވައިފި

ސްޓެލްކޯގެ ފަރާތުން މާލެ ސިޓީގައި ގާއިމްކުރި “ބަސް ހުއްޓި” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފިއެވެ. މި ކަމަށްޓަކައި ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިފަދަ އިޖުތިމާއީ މަސައްކަތެއް ކޮށްދެއްވިކަމަށްޓަކައި ސްޓެލްކޯއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއާއިއެކު އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށްވެސް ނާއިބު ރައީސް ފައިސަލް...

ޖަލްވާން ޖާދުﷲ
ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ، ޖުމްލަ 42 އަށް

ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ، ޖުމްލަ 42 އަށް

ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެންމެ ފަހުން ރާއްޖެއިން ކޯވިޑް ޖެހިގެން މީހަކު މަރުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އުމުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ. Today at 02:24pm, a 57 yr old Maldivian male admitted at HMF ICU […]

ޔުމްނާ ޢަލީ
ހަކުރު ބަލި ކުރިން ނުހުންނަ މީހުންވެސް އެނދުމަތިކުރުމުން ހަކުރު މަތިވާތަން ފެނޭ: ޑރ. މުޙައްމަދު ޢަލީ

ހަކުރު ބަލި ކުރިން ނުހުންނަ މީހުންވެސް އެނދުމަތިކުރުމުން ހަކުރު މަތިވާތަން ފެނޭ: ޑރ. މުޙައްމަދު ޢަލީ

ހަކުރު ބަލި ކުރިން ނުހުންނަ މީހުންވެސް، އެކި ބަލިތަކުގައި ހަސްފަތާލުގައި އެނދުމަތިކުރުމުން ހަކުރު މަތިވާތަން ފެންނަ ކަމަށް، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަ ކުރެވެމުންދާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ދިމާކޮށް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ހަކުރު ބަލި ކުރިން ނުހުންނަ މީހުންވެސް، އެކި ބަލިތަކުގައި ހަސްފަތާލުގައި އެނދުމަތިކުރުމުން ހަކުރު މަތިވާތަން ފެންނަ ކަމަށެވެ. ”މީގެ ސަބަބުތައް ބައިވަރުނަމަވެސް، އެންމެ އާންމުކޮށް އެހެންވަނީ، މި ހާލުދެރަ ބަލިމީހ...

ޝިއުނާ އާދަމް
ހއ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ހުދު ސަމާލު ނެރެފިއެވެ. މިގޮތުން އެ އިދާރާއިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […]

ޔުމްނާ ޢަލީ
ފަޅެއްގައި ވަކިން 6 ރަށް ތަރައްޤީކޮށްގެން ގަލްފް ކުރާފްޓުން ބިޔަ މަޝްރޫޢެއް ފަށަނީ

ފަޅެއްގައި ވަކިން 6 ރަށް ތަރައްޤީކޮށްގެން ގަލްފް ކުރާފްޓުން ބިޔަ މަޝްރޫޢެއް ފަށަނީ

ފުޅާ ދާއިރާއެއްގައި ލަގްޒަރީ ޔޮޓާއި ފައިބަރގްލާސް ބޯޓުފަހަރު ބަންނަމުން އަންނަ، ގަލްފް ކުރާފްޓުން ރާއްޖޭގައި ތަފާތު ގިނަ ޚިދުމަތް ހިމެނޭ މަޝްރޫޢުއެއް ފެއްޓުމަށްޓަކައި ރާއްޖޭގެ ފަޅެއްގައި ވަކިން ހަ ރަށް ތަރައްޤީ ކުރުމަށްޓަކައި އެތަންތަނުގެ ބިން ހިއްކުން ބަޔަކާއި ހަވާލުކޮށްފިއެވެ. ގަލްފް ކުރާފްޓު ކުންފުނިން މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއި ހަވާލު ކޮށްފައިވާއިރު، އެ ރަށްތަކުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ތަންތަ...

އިބްރާހިމް ޚަލީލް
މޫސުމަށް ސަމާލުވޭ، މުޅި ރާއްޖޭއަށް ހުދު ސަމާލު ނެރެފި

މޫސުމަށް ސަމާލުވޭ، މުޅި ރާއްޖޭއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ސ. އަތޮޅަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ހުދު ސަމާލު ނެރެފިއެވެ. މިގޮތުން އެ އިދާރާއިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ހުދު ސަމާލު ނެރެފައި ވަނީ މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […]

ޖަލްވާން ޖާދުﷲ