ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫޢުތަކުގެ ތެރޭގައި 6 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި މިއަދު މަސައްކަތް ހަވާލުކުރި މަޝްރޫޢުތައް

1- ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ފަރެސްމާތޮޑާ އެއާޕޯޓު ޤާއިމްކުރުން

އަގު: 144,883,139.42 ރުފިޔާ، މުއްދަތު: 600 ދުވަސް

2- އއ.އުކުޅަސް ބަނދަރު ހެދުމާއި ފެރީ ޓާމިނަލް ތޮށި ހެދުމުގެ މަސައްކަތް

އަގު: 19,925,160.24 ރުފިޔާ، މުއްދަތު: 120 ދުވަސް

3- އއ.މާޅޮސް ބަނދަރު އަޕްގްރޭޑްކުރުން

އަގު: 56,970,122.62 ރުފިޔާ، މުއްދަތު: 360 ދުވަސް

4- ޅ.ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުން

އަގު: 99,521,076.22 ރުފިޔާ، މުއްދަތު: 350 ދުވަސް

5- ރ.ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު

އަގު: 143,111,776.60 ރުފިޔާ، މުއްދަތު: 445 ދުވަސް

6- ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

އަގު: 123,960,847.77 ރުފިޔާ، މުއްދަތު: 365 ދުވަސް

7- އއ.އުކުޅަސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

އަގު: 71,250,813.38 ރުފިޔާ، މުއްދަތު: 235 ދުވަސް

8- ތ.ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

އަގު: 105,194,514.48 ރުފިޔާ، މުއްދަތު: 285 ދުވަސް

9- ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު

އަގު: 186,646,090.34 ރުފިޔާ، މުއްދަތު: 350 ދުވަސް

10- މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

އަގު: 121,846,540.96 ރުފިޔާ، މުއްދަތު: 450 ދުވަސް

އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.