ކ. އަތޮޅުގައި ހިންގަމުން އަންނަ ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 2:48 އެހައިކަންހާއިރު ކަމަށެވެ.

Ad
rt

ެއެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު، އެ ރިސޯޓަށް ދިޔުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ދަތުރު ފެށިކަމަށާއި، ފަޔާ ޓީމަށް އެ ރިސޯޓަށް ފޯރީ 3:50 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިގޮތުން އެމްއެންޑީއެފްގެ ފަޔާ ޓީމަށް، އެ ގުދަނުގެ ފުރާޅުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވުނީ ފަތިހު 4:33 ހާއިރުއެވެ. މިގޮތުން ރޯވި އަލިފާނުގެ 90 ޕަސެންޓް ނިއްވާލެވިފައިވާ ކަމަށް ފަތިހު 4:40ގައި އެމްއެންޑީއެފުން ވަނީ މައުލޫމާތު ހާމަކުރަށްވާފައެވެ.

އެ އަލިފާން ނިއްވާލުމުގެ މަސައްކަތް ރީތިރަށް ރިސޯޓުން ޕަމްޕެއް ގެނެސްގެން ވެސް ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަން ނުވަތަ ނޫންކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ނޯޓު: މިހާދިސާގެ އަޕްޑޭޓް ދެއްވަމުން މިއަދު ހެންދުނު 8:00 ގައި އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި އެ ރިސޯޓުގައި ރޯވެފައި ވަނީ އެ ރިސޯޓުގެ ވަޑާންގެއާއި، ސްޓާފް ކްއާޓާއެއްގައި ކަމަށެވެ. މި ޚަބަރުގައި ކުރިން، އެ ރިސޯޓުގައި ރޯވީ ރާ ގުދަނުގެ ފުރާޅުގައި ކަމަށް ގެނެސްދީފައި ވަނީ އޭރު އެމްއެންޑީއެފުން އެގޮތަށް މަޢުލޫމާތު ދެއްވާފައިވާތީ އެވެ. އަދި އެމްއެންޑީއެފުން ވިދާޅުވީ، އެ ގޮތަށް އޭރު ހާމަކުރެއްވީ އެއީ ފަޔާ ޓީމު އެ ރިސޯޓަށް ދިޔުމުގެ ކުރިން، އެއިދާރާއަށް އެހާދިސާގެ ރިޕޯޓް ލިބުނުއިރު އެ ގޮތަށް މައުލޫމާތު ދީފައި ވާތީ ކަމަށެވެ.