ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ.

އެތަކެތި އަތުލައިގެންފައި ވަނީ ޖެނުއަރީ 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލުތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް، ކަސްޓަމްސް އިން ބުންޏެވެ.

Ad
rt

އެ ޕާރުސަލްގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޕެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރި އިރު ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 42،000 ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަހުގީގުކުރަން މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި ހަވާލު ކޮށްފައިވާ ކަމަށެވެ.