ޗީފް އޮފް ޑިފެންސް ފޯސް ކޯވިޑަށް ޕޮޒިޓިވްވެއްޖެ
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަލް މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ، ޝަމާލް ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އިއްޔެ ޓެސްޓް ކުރުމުން ކަމަށެވެ. ޗީފް ކޯވިޑަށް ޕޮޒިޓިވްވުމާ އެކު، މިހާރު ހުންނެނީ އަމިއްލައަށް ގޭގައި އައިސޮލޭޓްވެގެން ކަމަށާއި، ކަރަންޓީނު ކުރަންޖެހޭ އިތުރު ފަރާތްތައް ވެސް މިހާރު ކަރަންޓީންކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒ...