މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 859 ވަނަ ޞަފްޙާ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 15 ވަނަ ފަހަރަށް އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 15 ވަނަ ފަހަރަށް އިތުރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 15 ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ. އެގޮތުން މި މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ […]

ޖަލްވާން ޖާދުﷲ
އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް ބަލީގެ މާބަނޑު އަންހެނެއްގެ ދަރިފުޅު ނިޔާވެއްޖެ

އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް ބަލީގެ މާބަނޑު އަންހެނެއްގެ ދަރިފުޅު ނިޔާވެއްޖެ

އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މާބަނޑު އަންހެނެއްގެ ދަރިފުޅު ނިޔާވެއްޖެ އެވެ. އައިޖީއެމްއެޗްގެ މީޑިޔާ އޮފިސިއަލްވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ. އައިޖީއެމްއެޗް އިން ވިދާޅުވީ އެއަންހެން މީހާއަށް މިހާރު ދަރަމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގި ފިލާގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗް އިން ވިދާޅުވީ އައިޖީއެމްޗްގެ އީއާރ އަށް މާބަނޑު މީހާ ގެންދިޔަ އިރުވެސް ދަރިފުޅު ނިޔާވެފައިވާކަމަށެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ...

އަލީ އާދިލް
އަޅުގަނޑުގެ އިހުމާލު އޮތް ހިސާބެއް އެނގެންޖެހޭ: ނަސީމް

އަޅުގަނޑުގެ އިހުމާލު އޮތް ހިސާބެއް އެނގެންޖެހޭ: ނަސީމް

ތުއްތު މިޝްކާ ނިޔާވި މައްސަލާގައި އޭނާގެ އިހްމާލެއް އޮތް ހިސާބެއްވެސް ސާފުވާން ޖެހޭކަމަށާއި، އެހެންކަމުން އޭނާ މަގާމުން އިސްތިއުފާ ދެއްވަންޖެހޭކަން އަދި އެނގިވަޑައި ނުގަންނަވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިރޭ ކުރިއަށް ދިޔަ  ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި ތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ރިޕޯޓް އާންމުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ނޫސްވެރިންގެ...

ޔުމްނާ ޢަލީ
ޓެކްސީތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން އެންގި މުއްދަތު އިތުރުކޮށްފި

ޓެކްސީތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން އެންގި މުއްދަތު އިތުރުކޮށްފި

ކަޅު ބިއްލޫރި ޖަހާފައިވާ ޓެކްސީތަކުގެ ބިއްލޫރި، ޓެކްސީ ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިތުރު ކޮށްފި އެވެ. އެމިނިސްޓްރީއިން މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޓެކްސީ ޤަވާއިދާ ޚިލާފަށް ޓެކްސީތަކުގައި ކަޅު ބިއްލޫރި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކަޅު ބިއްލޫރި ޖަހައިގެން ދުއްވާ ޓެކްސީތަކުގެ ބިއްލޫރި ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް އެފަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވާފައިވަނީ 6 މަސްދުވަހުގެ މުއްދަތެކ...

އަލީ އާދިލް
މިސްބާހު ހުރީ މަސްތުވާތަކެތި ވިއްކާ ބައެއްގެ "ގެރެންޓަރ" އެއްގެ ގޮތުގައި ޕާކިސްތާނުގައި ތާށިވެފައި

މިސްބާހު ހުރީ މަސްތުވާތަކެތި ވިއްކާ ބައެއްގެ "ގެރެންޓަރ" އެއްގެ ގޮތުގައި ޕާކިސްތާނުގައި ތާށިވެފައި

މިސްބާހު ހުރީ މަސްތުވާތަކެތި ވިއްކާ ބައެއްގެ “ގެރެންޓަރ” އެއްގެ ގޮތުގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ، ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ފުލުހުން ބުނީ، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީ...

އަލީ އާދިލް
"ނަފްރަތުގެ ޢަމަލު" ބަޔާންކޮށް ހުށަހެޅިފައިވާ ބިލުން، މަޤްޞަދު ޙާޞިލެއްނުވާނެ: ޢަދާލަތު ޕާޓީ

"ނަފްރަތުގެ ޢަމަލު" ބަޔާންކޮށް ހުށަހެޅިފައިވާ ބިލުން، މަޤްޞަދު ޙާޞިލެއްނުވާނެ: ޢަދާލަތު ޕާޓީ

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ‘ނަފްރަތުގެ އަމަލު’ގެ ބިލުން މަޤްޞަދު ހާސިލުނުވާނެކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ. ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ މުސްލިމަކާ ދިމާއަށް ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އިސްލާމީ އަގީދާއާ ގުޅ...

ޖަލްވާން ޖާދުﷲ
މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ އެޗް.އާރް.ސީ.އެމް އިން ވެސް ބަލަނީ

މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ އެޗް.އާރް.ސީ.އެމް އިން ވެސް ބަލަނީ

ކޮވިޑް ބަލީގައި ރޭ ނިޔާވި 10 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްްސް (އެޗް.އާރް.ސީ.އެމް) އިން ވެސް ބަލަންފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ހދ. ކުޅުދުއްފުށި/ ލާޖަހާގެ، ފާތިމަތު މިޝްކާ މުހައްމަދު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެޗް.އާރް.ސީ.އެމް އިން...

އަޙްމަދު އަރުޝަމް
މަރުވެ، ގިނަ ދުވަސް ވެފައިއޮތް ޒުވާނާ ވަޅުލައިފި

މަރުވެ، ގިނަ ދުވަސް ވެފައިއޮތް ޒުވާނާ ވަޅުލައިފި

މަރުވެ، ގިނަ ދުވަސް ވެފައިއޮތް ޒުވާނާ ވަޅުލައިފި އެވެ. އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ރޭ ދަންވަރު 2:33 ހާއިރު ގަލޮޅުގެ ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު އާއިލާގެ މީހަކަށެވެ. އެ ޒުވާނާ ވަޅުލާފައިވަނީ މިއަދު ހެނދުނު އެވެ. އުމުރުން 28 އަހަރުގެ އަންހެން މީހާގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު ހެނދުނު 8:45 ގައި އާސަހަރާ މިސްކިތުގަ އެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން މިއަދު ފަތިސްވަންދެން އެސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފަ އެވެ. އާސަހަރާއަށް އެޒުވާނާގެ ހަށިގަނޑު ބޮޑީ ބޭގަކަށް ލައިގެން...

ޔުމްނާ ޢަލީ
މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މާލޭ ސަރަހައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓުވާފައި އޮތްއޮތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިމުން ގެނެސްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މާލޭ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ވަކިވަކިން ނަމާދުކުރުމުގެ ހުއްދަދީ، އެ މިސްކިތްތަކުގައި ވުޟޫކުރުމާއި ފާހާނާ ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ކ...

އިބްރާހިމް ޚަލީލް
ކުނިވަސްދުވާތީ ބެލިއިރު، 27 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކުނިވަސްދުވާތީ ބެލިއިރު، 27 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކުނިވަސްދުވާތީ ބެލިއިރު، 27 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 2:33 ގައިކަމަށް ފުލުހުން ވިދާޅުވި އެވެ. އެ ސީނު ޕްރޮސެސްކޮށް ބަލަންޖެހޭ ކަންކަން ބެލުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ […]

އަލީ އާދިލް
އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމަށް މިރޭ ގެންދިޔަ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. މިއާއި އެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 170 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވެސް ގިނައިން ނިޔާވަމުން އައިސްފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިއީ މި ބަލީގައި […]

އިބްރާހިމް ޚަލީލް
މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓް ކުރި މީހާ ހައްޔަރުކޮށްފި

މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓް ކުރި މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ހައްޔަރުކޮށްފިއެވެ. މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓް ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ ފަރާތުންނެވެ. މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ރައްޔިތުންގެ ސަ...

އަލީ އާދިލް
ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 8އަށް އަރައިފި

ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 8އަށް އަރައިފި

ކޯވިޑް ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ނިޔާވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު ނިޔާވި 7 ވަނަ މީހާއަކީ 42 އަހަރުގެ އަންހެނެކެވެ. 6 ވަނަ މީހާގެ އުމުރަކީ 66 އަހަރެވެ. އެއީ ފިރިހެނެކެވެ. މިބަލީގައި ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިހާރު ވަނީ 169އަށް އަރާފައެވެ. ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ […]

ޝިއުނާ އާދަމް
ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ގާނޫނަށް އިސްލާހް ގެންނަނީ

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ގާނޫނަށް އިސްލާހް ގެންނަނީ

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަފްރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަމާބެހޭ ބިލެއް ހުށަހަޅާފައިވާ ކަމ...

ޝިއުނާ އާދަމް
ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ޤަރާރު އިޞްލާޙްކުރައްވައިފި

ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ޤަރާރު އިޞްލާޙްކުރައްވައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްލާހު ގެންނަވައިފިއެވެ. މި ގަރާރަށް ރައީސް އިސްލާހު ގެންނެވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަ...

އައިޝަތު އިލްމާ އަދުނާން