ކުނިވަސްދުވާތީ ބެލިއިރު، 27 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

Ad
rt

މަރުވެފައި އޮއްވާ ފެނިފައި ވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 2:33 ގައިކަމަށް ފުލުހުން ވިދާޅުވި އެވެ.

އެ ސީނު ޕްރޮސެސްކޮށް ބަލަންޖެހޭ ކަންކަން ބެލުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެ ޒުވާނާ މަރުވެފައި އޮންނަތާ ވެފައި ވަނީ ކިތައް ދުވަސް ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.

މި މަރާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އާއިލާއިން އާސަހަރާގައި ހުރެ ވާހަކަދައްކަމުން ބުނީ މަރުވެފައިވާ ޒުވާނާ އޮތީ ދިރިއުޅެމުންދާ ކޮޓަރީގަައި ކަމަށެވެ. އާއިލާއަށް ޒުވާނާގެ ހަބަރެއްނުވާތާ ހަފްތާއެއްވަރު ވެފައިވާކަމަށް އާއިލާއިން މަޢުލޫމާތުދެއެވެ.

އެޒުވާނާއަކީ މާލެއަށް އުފަން ކުއްޖެކެވެ. އެސަރަހައްދުގައި ފުލުހުން ހަރަކަތްތެރިވަމުން ދާއިރު މަރުވި ޒުވާނާގެ ހަށިގަނޑު ވަނީ އާސަހަރާއަށަ ގެންގޮސްފަ އެވެ.