މިމަސް ނިމުމުގެ ކުރިން ފުލެޓް ހަވާލުކޮށް، ކުލި ކުޑަކުރުމަށް ގޮވާލާ 2177 ސޮޔާއެކު ޕެޓިޝަން ހުށައަޅައިފި
ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށް، ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، މި ފެށުނު ޖޫން މަސް ނިމުމުގެ ކުރީން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން ކަމާއި ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ. މިޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، “ހިޔާ ފްލެޓު ޔޫނިއަން” ގެ ނަމުގައި އެފަރާތުގެ ކަންބޮޑުވުންތަށް ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި ޕެޓިޝަނެކެވެ. މި ޕެޓިޝަނުގެ މަސައް...