މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން ރަށްތަކަށް ދަތުރުކުރުމަށް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާތީ، ނަތީޖާ ލިބުމުގައި ލަސްކަމެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާ ކަމަށްޓަކައި މި ވަގުތު ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށެވެ.

Ad
rt

އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ.

ޓެސްޓުކުރުމުގައި ކޯވިޑް-19 ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް އިސްކަން ދޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެެވެ.

ރާއްޖޭގެ ކޯވިޑް ޕޮޒިޓިވް ނަންބަރު ދައްވުމާއެކު އަޅާފައިވާ ވަރުގަދަ ފިޔަވަޅު ތަކަށް ލުއި ދިނުމާއެކު ގިނަ ބަޔަކު ދަނީ އަތޮޅު ތަކަށް ދަތުރު ކުރަމުންނެވެ.

މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސް ވަރަށް ވުމާއެކު، ކުރިމަތީ ބޮޑު ޢީދު ޗުއްޓީ އޮތުމަކީ ދަތުރުކުރާ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރު އަނެއް ސަބަބެވެ.

އެޗްޕީއޭއިން މިހާރުވަނީ ކޯވިޑަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން ތެރެއިން 60 ދުވަސް ހަމަނުވާ މީހުން ކަރަންޓީނަކާއި ނުލާ ދަތުރު ކުރެވޭ ގޮތަށް ލުއިދީފައެވެ.

ލުއިދީފައި އޮތަސް ދަތުރު ކުރުމުގައާއި، ޢީދު ފާހަގަ ކުރުމުގައި ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.