އޮޑިޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ޙުސައިން ހަމަޖައްސައިފިއެވެ.

މިއީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ.

Ad
rt

އޮޑިޓަރ ޖެނެރަލް އޮފީހުން މިއަދު ވަނީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ހަމަޖެއްސެވިކަން ހާމަ ކުރަށްވާފައެވެ. މަޤާމުގެ ލިޔުން އޭނާ އާއި ހަވާލުކޮށް ދެއްވީ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަޤާމަށް ނިޔާޒީ ޢައްޔަން ކުރައްވައި، ‌މަޤާމުގެ ‌‏ފަތްކޮޅު ހަވާލުކުރެއްވީ އިއްޔެއެވެ.

އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަޤާމަށް އައްޔަނު ކުރެއްވިއިރު ނިޔާޒީ ހުންނެވީ އެ އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމުގައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ މިއަދު އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޝިރުމީނާ ޙުސައިން މަސައްކަތް ކުރަށްވާނީ އެ އޮފީހުގެ ފައިނޭންސިއަލް އޮޑިޓް ޑިވިޜަންގައި ކަމަށެވެ.

ޝިރުމީނާގެ ގާބިލުކަމާއި، އިންޓަގްރިޓީއާއި މެދު ފުރިހަމަ ޔަގީންކަން އެ އޮފީހަށް އެބައޮތް ކަމަށް ވެސް އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި އެ އެ ބަދަލާއެކު އެ އޮފީހުގެ މަސައްކަތްތައް ހަލުވިވެ، އެދެވޭ ނަތީޖާއެއް ނެރުމަށް އިތުރު ބާރަކަށް ވެގެން ދާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ފާހަގަ ކުރަށްވާފައެވެ.