މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 824 ވަނަ ޞަފްޙާ

އިންޑިއާ އެގްޒިމް ބޭންކާއެކު 2 ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާ އެގްޒިމް ބޭންކާއެކު 2 ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާ އެގްޒިމް ބޭންކާއެކު 2 ލޯން އެއްބަސްވުމެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ސޮއިކޮށްފިއެވެ. މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި އެފްޑީސީއާއި އެގްޒިމް ބޭންކުގެ އިތުރުން އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި، ފައިނޭންސް މިނި...

ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ދެއްވުން އޮންނާނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ދެއްވުން އޮންނާނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ކުރިއަތް އޮތް ގައުމީ ދުވަހު ދެއްވާ ގޮތަށް ހަމަޖައްސަވައިފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ކުރިން މި ދެ އިނާމު ދެއްވާގޮތަށް ހަމަޖައްސަވާފައިވ...

ޔުމްނާ ޢަލީ
އެއޯސިސްއަކީ ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރެއް: ރައީސް ޞާލިޙް

އެއޯސިސްއަކީ ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރެއް: ރައީސް ޞާލިޙް

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)އަކީ ބޭނުންވާ ބަދަލު ގެނެވޭފަދަ ބާރެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެއޯސިސްގެ ލީޑަރސް ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓު ބާއްވާފައި ވަނީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއޯސިސްގެ ކުދި ޖަޒީރާ ޤައުމުތަކަކީ މާ ދުރުދުރުގައި ވަކިވަކިން ހުރި، ކުދި ޤައ...

އަލީ އާދިލް
"އެޑިޔުކޭޝަން އިން އެމަޖެންސީ އެވައިޒަރީ ކޮމިޓީ" އެކުލަވާލައިފި

"އެޑިޔުކޭޝަން އިން އެމަޖެންސީ އެވައިޒަރީ ކޮމިޓީ" އެކުލަވާލައިފި

“އެޑިޔުކޭޝަން އިން އެމަޖެންސީ އެވައިޒަރީ ކޮމިޓީ”ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކޮމިޓީއެއް އެކުލަވާލައިފިއެވެ. މިގޮތުން އެކުލަވާލެވުނު މިކޮމެޓީގެ މަސައްކަތް އިއްޔެފަށައި، އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ. މިކޮމިޓީ އަކީ ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެ ފަދަ ހާދިސާތަކާ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ސްކޫލުގެ މާޙައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަދި އެކިއެކި އިމަޖެންސީތަކ...

ޔުމްނާ ޢަލީ
‏"މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021" ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީން ހޫނު މަރުހަބާއެއް

‏"މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021" ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީން ހޫނު މަރުހަބާއެއް

‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީއަށް ދިޔުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީއަށް އިއްޔެ ގޮސްފައިވާއިރު، މި ޓުއަރގެ ބައިވެރިންނަށް މަރުޙަބާ ދެއްނެވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން އެ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ވަޑައިގަތެވެ. އަދި މި ޓުއަރގެ ބައިވެރިންނަށް އެ ސިޓީން މަރުހަބާ ކިޔާފައި ވަނީ ގައުމީ ސިފަތަށްއެކުލެވޭ ސަގާފީ ވައްޓަފާޅިއާއިއެކުގައެވެ. މި ޓުއަރގެ ތެރެއިން...

ޔުމްނާ ޢަލީ
'އަންލޮކް ދަ ފިއުޗަރ' ޙަރަކާތުގައި ފަސްޓް ލޭޑީ ފަޒްނާ ބައިވެރިވެވަޑައިގެންފި

'އަންލޮކް ދަ ފިއުޗަރ' ޙަރަކާތުގައި ފަސްޓް ލޭޑީ ފަޒްނާ ބައިވެރިވެވަޑައިގެންފި

ވަރލްޑް ވައި.އެމް.ސީ.އޭ، ބީ.އާރު.އޭ.ސީ، އަދި ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓާއި އެހެނިހެން އެކްޓިވިސްޓް ޖަމާޢަތްތައް ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި ‘އަންލޮކް ދަ ފިއުޗަރ’ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. މިއީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި ކުރިއަށް ދިޔަ ހަރަކާތެކެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ. މި ހަރަކާތުގައި، ޒުވާން ލީޑަރުންނާއި، އެކްޓިވިސްޓުންނާއި،...

ޔުމްނާ ޢަލީ
ހެއްކާބެހޭ ބިލުން، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ: އެމްއެމްސީ

ހެއްކާބެހޭ ބިލުން، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ: އެމްއެމްސީ

ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރުން މަޖުބޫރުވާގޮތަށް ހިމަނާފައިވާ މާއްދާތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ބިރު އެބޮތް ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ބިލުގައި މިކަން ހިމަނާފައި ވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކ...

ޝިއުނާ އާދަމް
މައުލޫމާތު ލިބުނު ގޮތް ހާމަކުރަން ނޫސްވެރިޔާއަށް މަޖުބޫރު ކުރާ މާއްދާއެއް!

މައުލޫމާތު ލިބުނު ގޮތް ހާމަކުރަން ނޫސްވެރިޔާއަށް މަޖުބޫރު ކުރާ މާއްދާއެއް!

ނޫސްވެރިއަކަށް މައުލޫމާތެއް ލިބުނު މަސްދަރު ހާމަކުރަން އެ ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް މަޖުބޜުކުރެވޭނެ މާއްދާއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ހިމަނައިފިއެވެ. އެ ބިލުގެ 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބ...

ޝިއުނާ އާދަމް
ޔާސިފް ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރުދީފި

ޔާސިފް ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް މަރުގެ އިންޒާރުދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި އިސްމާއިލް ޔާސިފް 40، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ވެސް އޭނާ މަރުގެ އިންޒާރު ދީފިއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިންޒާރުދިން މައްސަލާގައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމާ އޭނާގެ މައްޗަށް މިހާރު ވަނީ އެ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޖަލު ހުކުމް އިއްވުމުން ވެސް އޭނާ ވަނީ އިންޒާރު ތަކުރާރުކޮށް، ރައީސް ނަޝީދު […]

ޝިއުނާ އާދަމް
ކޮވިޑް-19އާ ގުޅިގެން އާސަންދައިން ދިން ލުޔަށް ބަދަލުތަކެއް

ކޮވިޑް-19އާ ގުޅިގެން އާސަންދައިން ދިން ލުޔަށް ބަދަލުތަކެއް

ކޮވިޑް-19އާ ގުޅިގެން އާސަންދަ ކުންފުނިން ދިން ލުއިތަކަށް ބަދަލުގެނަސް ދިގު މުއްދަތަށް ބޭސް ކާ މީހުންގެ ބޭސް ސިޓީއަށް، އަންނަ މަހުން ފެށިގެން ބޭސް ދޫކުރަނީ އެއް ފަހަރު ކަމަށް އާސަންދައިން ބުނެފިއެވެ. ކޮވިޑް-19އާ ގުޅިގެން ދިން ލުޔެއްގެ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ދިގު މުއްދަތަށް ބޭސްކާ މީހުންގެ ބޭސް ސިޓީތަކަށް އެއްފަހަރަށް ވުރެ ގިނައިން ބޭސް ދޫކުރެވެއެވެ. އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލު އުވާލަން ނިންމާފައިވާ ކަމަށެވެ. ހެންކަމުން 1 […]

ޝިއުނާ އާދަމް
އެކަށީގެންވާ ނަމެއްނޫންކަމަށް ބުނެ، "ކަރިޝްމާ ޕާރޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދައެއް ނުދިން

އެކަށީގެންވާ ނަމެއްނޫންކަމަށް ބުނެ، "ކަރިޝްމާ ޕާރޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދައެއް ނުދިން

“ކަރިޝްމާ ޕާރޓީ މޯލްޑިވްސް” އުފެއްދުމުގެ ހުއްދައެއް ނުދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. އީސީ އިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ “ކަރިޝްމާ ޕާރޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި މ.ކެލަން، މުޙައްމަދު އިސްމާޢީލް ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމައިފައިވާ ކަމަށެވެ. ހުއްދަ ނުދިނުމަށް ނިންމި ސަބަބަކީ، ފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ އާއި އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ސިޔ...

ޔުމްނާ ޢަލީ
މަތިވެރިން ޖާބިރަށް ނުރުހުން، ފުލުހުން ރައްކާތެރިކަން ދީފި

މަތިވެރިން ޖާބިރަށް ނުރުހުން، ފުލުހުން ރައްކާތެރިކަން ދީފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު އއ. މަތިވެރި އަށް މިރޭ ވަޑައިގަތުމާއެކު، އެ ރަށުގެ މީހުން ނުކުމެ މުޒާހަރާކޮށްފިއެވެ. މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އެ މީހުން ގޮވަމުން ދިޔައީ އޭނާ އެ ރަށުން ބޭލުމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރުމާ ގުޅިގެން […]

ޝިއުނާ އާދަމް
ހުރިހާ މާނައެއްގައި ޓެރަރިޒަމާ ދެކޮޅު: ރައީސް

ހުރިހާ މާނައެއްގައި ޓެރަރިޒަމާ ދެކޮޅު: ރައީސް

ދިވެހިރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައެވެ. މި ތަޤްރީރުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެރަރިޒަމްކަން ފާހަގަކުރައްވާ ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ވެސް ފެތުރިގެން އައިސް މި ވަބާއިން ރާއްޖެ ވެސް ސަލާމަތް ނުވި ކަމަށެވެ....

ޝިއުނާ އާދަމް
އައްސޭރި ޖަލު ގައިދީން ޓީބީ އަށް ޓެސްޓު ކުރަނީ

އައްސޭރި ޖަލު ގައިދީން ޓީބީ އަށް ޓެސްޓު ކުރަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކަރެކްޝަނުން ބުނިގޮތުގައި އައްސޭރި ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެއެވެ. ކަރެކްޝަނުން ބުނީ މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެނ...

ޝިއުނާ އާދަމް
ދިވެހިން އަބަދުވެސް ފަލަސްތީނާއި އެކު ތިބޭނެ: ރައީސް

ދިވެހިން އަބަދުވެސް ފަލަސްތީނާއި އެކު ތިބޭނެ: ރައީސް

ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ އ.ދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ވަނީ ކަށަވަރުކޮށް ނުދެވިކަމަށާއި، އިޒްރޭލުނ...

ޝިއުނާ އާދަމް