މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 826 ވަނަ ޞަފްޙާ

ސިވިލް ސާވަންޓުންގެ ހިމޭން އިހުތިޖާޖު ފަށައިފި

ސިވިލް ސާވަންޓުންގެ ހިމޭން އިހުތިޖާޖު ފަށައިފި

ހައްގު މިންވަރަށް އެދެމުން ދިވެހި ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން މިއަދު ހިމޭން އިހުތިޖާޖެއް ކުރަމުން އެބަދެއެވެ. މިގޮތުން އެ މުވައްޒަފުންގެ ޒަމާންވީ ކަންބޮޑުވުންތަކެއް ހައްލުނުވެ ހުރުމުން ބައެއް ސިވިލް ސާވިސް މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ވެސް ކަޅު ހެދުމުގައެވެ. މިނިމަމް ވޭޖްގެ ގޮތުގައި އަސާސީ މުސާރަ ކަނޑައަޅައި ދިނުމަށާއި ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި، ތިޖޫރީއާއި ފައިސާ ބަލަހައްޓާ މުވައްޒަފުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސެއް...

އަލީ އާދިލް
ޓެރަރިޒަމާއި ޑްރަގް ޓްރެފިކިންގގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން "ފަސޭހަކަމާއެކު ދޫވެގެންދާތީ" އެމްޑީޕީގެ ކަންބޮޑުވުން

ޓެރަރިޒަމާއި ޑްރަގް ޓްރެފިކިންގގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން "ފަސޭހަކަމާއެކު ދޫވެގެންދާތީ" އެމްޑީޕީގެ ކަންބޮޑުވުން

ޓެރަރިޒަމްގެ އެންމެ ބޮޑެތި މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ ގެ އެންމެ ބޮޑެތި މައްސަލަތައް ފަދަ މައްސަލަތަކުގައި ހައްޔަރުކުރެވި، ދަޢުވާ އުފުލޭ ގިނަ ފަރާތްތައް އާންމުގޮތެއްގައި ފަސޭހަކަމާއެކު ދޫވެދާ ވާހަކައަކީ މުޖުތަމަޢުގައި ގިނަ ބަޔަކު އަބަދުވެސް ކަންބޮޑުވުމާއެކު ދައްކަމުންދާ ވާހަކައެއްކަމަށާއި އިޖުރާޢީ ނުކުތާއެއްގެ ޙުއްޖަތު ދެއްކުމަށްފަހު އެފަދަ ސީރިއެސް ތުޙުމަތުތަކުގައިވާ ފަރާތްތައް ދޫވެގެންދަނީ އަލުން ދަޢުވާ ނުވެސް އުފުލޭނޭ ގޮތަށްކަން ފާހަގަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ....

އަލީ އާދިލް
ސުޕްރީމް ކޯޓުގެ ނިންމުންތައް އާންމުކުރަން އެޕްލިކޭޝަނެއް

ސުޕްރީމް ކޯޓުގެ ނިންމުންތައް އާންމުކުރަން އެޕްލިކޭޝަނެއް

ސުޕްރީމް ކޯޓުގެ ނިންމުންތައް އޮންލައިންކޮށް ބަލާލެވޭނެ ވެބް އެޕްލިކޭޝަނެއް ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ. ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޭސް ރިޕޯޓަރ ނަމުގައި އުފެއްދި އެޕްލިކޭޝަންގައި ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ހުންނާނެ ކަމަށެވެ. އެގޮތުން އެ ހުރިހާ ނިންމުމެއް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައި...

ޝިއުނާ އާދަމް
އޭއޭއޭ އާއި ގުޅޭ އެއްވެސް ކަމެއްގައި އެވިޑް ކޮލެޖްގެ ދައުރެއް މިހާރު ނޯންނާނެ: މުސްތާޤް

އޭއޭއޭ އާއި ގުޅޭ އެއްވެސް ކަމެއްގައި އެވިޑް ކޮލެޖްގެ ދައުރެއް މިހާރު ނޯންނާނެ: މުސްތާޤް

އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއި ގުޅޭ އެއްވެސް ކަމެއްގައި އެވިޑް ކޮލެޖްގެ އެއްވެސް ދައުރެއް މިހާރު ނޯންނާނެކަމަށް އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ. މުޝްތާޤް މިފަދައިން ވިދާޅުވީ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެވިޑް ކޮލެޖާއި އޭޝިއަން އެކަޑެމީ އޮފް އޭރޯނޮޓިކްސްއާއި ދެމެދު މިއަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު ކޮށްފައިވާ ސޭލްސްޕަރޗޭސް އެގްރީމެންޓް މިއަދުނ...

އަޙްމަދު އަރުޝަމް
ނައިބު ރައީސް ފިޔަވަތީގައި ތިބި ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ފިޔަވަތީގައި ތިބި ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ފިޔަވަތީގައި ތިބި ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފި އެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ނައިބު ރައީސް ވަނީ ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހިންގަމުން އަންނަ ފިޔަވަތީގައި ފާއިތުވި ތިން ދުވަހު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ފާއިތުވި 3 ދުވަހ...

އަޙްމަދު އަރުޝަމް
މަސްވެރިކަމުގައި އުޅުނު 18 އަހަރުގެ ޒުވާނަކަށް އަނިޔާވެއްޖެ

މަސްވެރިކަމުގައި އުޅުނު 18 އަހަރުގެ ޒުވާނަކަށް އަނިޔާވެއްޖެ

މަސްވެރިކަން ކުރަން އުޅުމުގެތެރޭގައި އަނިޔާވި ޒުވާނަކަށް ސިފައިން އެހީތެރިވެއްޖެ އެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ. އަނިޔާވެފައިވަނީ އޭނާގެ ފަޔަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. މި ޒުވާނާއަށް އަނިޔާވި އިރު އޭނާ ހުރީ ތ. އެލާ ބޮޔަ ކައިރީ މަސްވެރިކަން ކުރަން އުޅުނު “ދިރުން 4” ދޯނިގައެވެ. މި ހާދިސާގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:54 ގައެވެ. “އަނިޔާލިބުނު ޒުވާނާ އަވަސް ފަރުވާއަށް ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދިނ...

އަޙްމަދު އަރުޝަމް
ރައީސް ޞާލިޙްގެ ދެކަނބަލުން ނިއުޔޯކަށް ފުރާވަޑައިގެންފި

ރައީސް ޞާލިޙްގެ ދެކަނބަލުން ނިއުޔޯކަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ދައުލަތްތައް (އ.ދ) ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ. މިދަތުރުފުޅުގައި އ.ދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ޞާލިޙް ތަޤްރީރު ކުރައްވާނެއެވެ. ރައީސް ޞާލިޙް ތަޤްރީރު ކުރައްވަން ހަމަޖެހިފައި ވަނީ 2021 ސެޕް...

ޔުމްނާ ޢަލީ
މުލިއާގެ ކުރިމަތީގައި މާރާމާރީއެއް، ފިރިހެނަކަށް އަނިޔާވެ ފަރުވާދެނީ

މުލިއާގެ ކުރިމަތީގައި މާރާމާރީއެއް، ފިރިހެނަކަށް އަނިޔާވެ ފަރުވާދެނީ

މުލިއާގެ ކުރިމަތީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ. މި މާރާމާރީ ހިންގާފައި ވަނީ މިރޭ 19:59 ހާއިރު މުލިއާގެ ކައިރީގައިކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ. މިމީހާއަށް ފަރުވާދިނުމަށްވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފަ އެވެ. މަންޒަރުދުން ފަރާތަކުން މިނޫހަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ހަމަލާ ދީފައިވަނީ ސައިކަލުގައި ދުއްވާފައިދިޔަ މީހަކަށް ކަމަށެވެ. ހަމަލާ ދިނުމާއި އެކު އެމީހާވަނީ މަގުމައ...

އިބްރާހިމް އަސްވާޤް
ފިޔަވަތީގައި އެންމެ ފަހުން އަލިފާން ރޯކޮށްލައިފި

ފިޔަވަތީގައި އެންމެ ފަހުން އަލިފާން ރޯކޮށްލައިފި

ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހިންގަމުން އަންނަ ފިޔަވަތީގައި ދެތިން ދުވަސް ވަންދެން މެދުނުކެނޑި ހަމަނުޖެހުން ހިންގުމަށް ފަހު މިރޭ އަލިފާން ރޯކޮށްލައިފިއެވެ. ޖެންޑާ މިނިސްޓްރީން އެކަމަށް އެޓެންޑުވި ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި އެމްއެންޑީއެފުން ބުނިގިތުގައި ހާދިސާ ރިޕޯޓުކުރީ މިރޭ އިރު އޮއްސި 6:55 ހާއިރުއެވެ. އަދި އެމްއެންޑީއެފުން ދިޔަ އިރު އަލިފާން ނިވާލާފައިވާ ކަމަށް ބުނެއެވެ. ފިޔަވަތީގައި އަލިފާން ރޯކޮށްލާފައި މިވަނީ އެތަނުގައި ހަމަނުޖެހުނ...

ޝިއުނާ އާދަމް
އަނެއްކާވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

އަނެއްކާވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.  ފުލުހުން ބުނީ މިމައްސަލަ ފެންމަތިވެފައިވަނީ ހުވަދު އަތޮޅުން ކަމަށެވެ. ފުލުން ބުނެފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.  އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.  ހުވަދޫ އަތޮޅުން މިފަދަ މައްސަލައެއް ފެންމަތިވި އިރު އައްޑޫގައި...

ޝިއުނާ އާދަމް
ކަސްޓަމްސްގެ މަސައްކަތުން މަސްތުވާތަކެތި އަތުލައިގަނެވޭ ވަރު އިތުރުވެއްޖެ: މާރިޔާ

ކަސްޓަމްސްގެ މަސައްކަތުން މަސްތުވާތަކެތި އަތުލައިގަނެވޭ ވަރު އިތުރުވެއްޖެ: މާރިޔާ

ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުގެ ސަބަބުން ފަހަކަށް އައިސް، މަސްތުވާތަކެތި އަތުލައިގަނެވޭ ވަރު އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުން ހުނަރުވެރިވެފައި ކުޅަދާނަ ކަމަށެވެ. އޭގެ ސަބަބުން އަތުލައިގަނެވޭ މަސްތުވާތަކެތީގ...

ޝިއުނާ އާދަމް
އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒުވާނަކު ޒަހަމު ކޮށްލައިފި

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒުވާނަކު ޒަހަމު ކޮށްލައިފި

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމު ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަަށެވެ. އެ މާރާމާރީގައި އަނިޔާ ވީ 29 އަހަރުގެ ފިރިހެނަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހާއަށް ލިބުނު އަނިޔާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ […]

ޔުމްނާ ޢަލީ
ކަޅުތެލުން ރަސްފަންނު ތަޣައްޔަރުވީ، ބަޔަކު އެއްލައިިލި ތެޔޮ ފީފާއެއް ފަޅައިގެން ދިއުމުން

ކަޅުތެލުން ރަސްފަންނު ތަޣައްޔަރުވީ، ބަޔަކު އެއްލައިިލި ތެޔޮ ފީފާއެއް ފަޅައިގެން ދިއުމުން

ކަޅުތެލުން ރަސްފަންނު ސަރަހައްދު ތަޣައްޔަރުވީ، ބަޔަކު އެއްލައިިލި ތެޔޮ ފީފާއެއް ފަޅައިގެން ދިއުމުންކަމަށް ޚަބަރު ލިބިއްޖެއެވެ. ތެޔޮ ލީކުވެ އެސަރަހައްދު ތަޣައްޔަރުވާން ފެށުމުން އެކަން ކަމާބެހޭ ފަރާތްތަކަށް އެންމެ ފުރަތަމަ ރިޕޯޓްކުރި ފަރާތުން “ތިލަދުން” އާއި މިކަން ހިއްސާކުރަމުން ބުނެފައިވަނީ ތެޔޮ ލީކުވެފައިވަނީ އެސަރަހައްދަށް ލައްވެފައިވާ ތެޔޮ ފީފާއަކުންކަމަށެވެ. ތެޔޮ ލީކުވެ އެސަރަހައްދު ތަޣައްޔަރުވާން ފެށީ މިއަދު ހަވީރުން 4:30 ހާއިރުއެވެ. އެފީފާ ލައްވެފައިވަނީ ރަސްފަންނުގެ ރާޅުވައްދަން ކަނޑާފަ އ...

ޝިއުނާ އާދަމް
ރަސްފަންނުގައި ކަޅުތެޔޮ ހުރުމުން އެތަން ބަންދު ކޮށްފި

ރަސްފަންނުގައި ކަޅުތެޔޮ ހުރުމުން އެތަން ބަންދު ކޮށްފި

ރަސްފަންނުގައި ކަޅު ތެޔޮ ހުރުމުގެ ސަބަބުން އެތަން ބަންދުކޮށްފިއެވެ. އެ ސަރަހައްދުން ތެޔޮ ފެނުނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިކަމާގުޅިގެން ބަންދުކޮށްފައިވަނީ އައިޖީއެމްޗާ ވީ ސަރަހައްދެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުންނާއި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތަތްތެރިވަމުންނެވެ. އެގޮތުން އެމްއެންޑީއެފުން އަންނަނީ ތެޔޮ ނެގުނަށް ސްޕޮންޖް ޝީޓުތަކެއްް ބޭނުން ކުރަމުންނެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މާލޭ ސިޓީ ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެއޮ ޖަމާވުމާ އެކު އެމްއެންޑީއެފް...

އަޙްމަދު ވަހީދު
ނ. މާފަރު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނ. މާފަރު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނ. މާފަރު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނ. މާފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފި އެވެ. މިއީ، ކުށުގެ ވެށިން ދުރުހެލިވެފައިވާ ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ، މި ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގުރާމްގައި މުޖުތަމައުގައި އާންމުކޮށް ހިނގާ ކ...

އިބްރާހިމް އަސްވާޤް